އިންޑޮނޭސިއާ ސްޓޮކްމާކެޓް ހުންނަ އިމާރާތުގެ ބުރިއެއްގެ ބައިތަކެއް ވެއްޓިއްޖެ
އިންޑޮނޭސިއާގެ ސްޓޮކްމާކެޓް ހުންނަ އިމާރާތުގެ ބުރިއެއްގެ ބައިތަކެއް ވެއްޓިއްޖެއެވެ. ބުރީގެ ބައިތައް ވެއްޓިފައި ވަނީ ލޮބީ ހުންނަ ބައަަށެވެ.
އަދި މިހައި ތަނަށް ލިބިފައިވާ ޚަބަރުތަކަށް ބަލާއިރު އެއްވެސް މީހަކު މަރެއް ނުވެއެވެ. ނަމަވެސް ގިނަ އަދަދެއްގެ މީހުން އުފުލައިގެން އިމާރާތުން ބޭރުކުރާ މަންޒަރުތައް ޓީވީން ވަނީ ދައްކައިފައެވެ.
އެވަގުތު އެތަނުގައި ޓީވީ ކެމެރާމަނަކު ބުނީ ހާދިސާ ހިނގީ އެތަނުގެ ގަޑިން މެންދުރު 12 ޖެހިވަގުތު ކަމަށާއި އެއިރު ލޮރީގައި ގިނަ ބައަކު ހަރަކާތްތެރިވަމުންދިއަ ކަމަށެވެ.
ފުލުހުން ބުނީ އަނިޔާވި މީހުންގެ ތަފްބީލު އަދި ނުލިބޭ ކަމަށާއި ފުރަތަމަ ކުރަމުންދާ މަސައްކަތަކީ މީހުން އަވަހަށް ހޮސްޕިޓަލުތަކަށް ގެންގޮސް ފަރުވާ ދިނުމުގެ މަސައްކަތްތައް ކަމަށެވެ.
ވޯލްޑް ބޭންކުގެ އިދާރާއެއް މި އިމަރާތުގެ 12 ވަނަ ބުރިގައި ހުރެއެވެ.