15 އަހަރުގެ އަންހެން ކުއްޖަކު ވަގަށް ނަގައި ރޭޕްކުރުމުގެ ތެރޭގަ މެއާ ފުއްޕާ މޭ ވެސް ހަލާކުކޮށްލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
15 އަހަރުގެ އަންހެން ކުއްޖަކު ވަގަށް ނަގައި ރޭޕްކުރުމުގެ  ތެރޭގަ މެއާ ފުއްޕާ  މޭ ވެސް ހަލާކުކޮށްލައިފި

15 އަހަރުގެ އަންހެން ކުއްޖަކު ވަގަށްނަަގއި ޜޭޕްކުރުމުގެ ތެރޭގައި މެއާއި ފުއްޕާމޭ ވެސް ހަލާކުކޮށްލާފައިވަނިކޮށް ފެނިއްޖެއެވެ.
ދިއްލީގެ މަގުމަތިން މިކުއްޖާ ދެބައިކުޅައެއްބައި ފޭރާމުގައި ފެނުނީ ގެއްލިގެން ހޯދަމުންދާތާ 5 ދުވަސްފަހުންނެވެ. އޭނާގެ ޓެސްޓްތައް ހެދި ޑޮކްޓަރުން ބުނީ އޭނާ ފެނަށް ގަންބާފައިވާ ކަަށާއި ފުއްޕާމެއަށާއި މެއަށް ގެއްލުން ލިބުނީ އެކަމުގެތެރޭގައި ކަމަށެވެ.

ހަށިގަނޑުގެ އެތައް މިތަނުން އަނިޔާގެ އަސަރުތައް ފެންނަން ހުރިއިރު ޑޮކްޓަރުން ބުނަނީ 4 މީހަކު އޭނާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ފުލުހުން ބުނީ އަނިޔާކުރި މީހުން ފާހަގަކުރެވިއްޖެ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

ރޭ ވެސް ދިއްލީގައި ވަނީ 22 އަހަރުގެ އަންހެނަކު ކާރަކަށް ގަދަކަމުން ަރުވައިގެން 2 ގަޑިިއިރު ގެންގުޅެ 4 މީހަކުވެގެން ރޭޕްކޮށްފައެވެ.
ގެއިން ކުނި އުކާލަން ދިއަ 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް، މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.
މިއަދު އޮންލައިން