ބަޣުދާދުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 38 މީހުން މަރުވެއްޖެ

ކިޔުމަށް ހޭދަވާނީ 46ސ
ބަޣުދާދުގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި 38 މީހުން މަރުވެއްޖެ
އިރާންގެ ވެރިރަށް، ބަޣުދާދުގައި މިއަދު ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާއެއްގައި 38 މީހުން މަރުވެއްޖެއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަޣުދާދުގައި ހުންނަ ބާޒާރެއްކަމަށްވާ މިއަދުގެ މެންދުރު ވަގުތެއްގައި ޓޭރަން ސްކެއާ ކައިރީގައި ދެ މީހަކު އަމިއްލަ ނަފުސު ގޮއްވާލައި އެ ތަނަށް ހަމަލާއެއް ދީފައިވެއެވެ.

މި ހަމާލާގައި 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެގެން ހޮސްޕިޓަލްތަކަށް އުފުލާފައިވާ ކަމަށާއި، މަދުވެގެން 38 މީހުން މަރުވެފައިވާކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެއެވެ.

މި ހަމަލާދިން ކަމުގައި އަދި އެއްވެސް ފަރާތަކުން ޒިންމާ އުފުލާފައި ނުވާއިރު، ގިނަ ބަޔަކު ތުހުމަތުކުރަނީ މިއީ ދީނީ ގޮތުން ހައްދު ފަހަނައަޅައި ގޮސްފައިވާ އައިއެސް ޖަމާއަތުގެ ރޭވުމެއް ކަމަށެވެ.

އިރާންގެ ބަޣުދާދުގެ އުތުރު ސަރަހައްދުގައި ވެސް މިދިޔަ ހޮނިހިރު ދުވަހުގައި ވަނީ ޖާނުން ފިދާވުމުގެ ހަމަލާއެއްދީފައެވެ. އެ ހަމަލާގައި މަދުވެގެން 5 މީހުން މަރުވެފައިވާކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މިއަދު އޮންލައިން