އިންސްޓަގްރާމްގަ އާ ފޭސްބުކްގަ ބަރަހަނާ ވީޑިއޯ އާ ފޮޓޯ ދައުރުކުރި 15-20 އަހަރުގެ 1000 ޒުވާނަކާ ދައުވާކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
އިންސްޓަގްރާމްގަ އާ ފޭސްބުކްގަ ބަރަހަނާ ވީޑިއޯ އާ ފޮޓޯ ދައުރުކުރި 15-20 އަހަރުގެ 1000 ޒުވާނަކާ ދައުވާކުރަނީ
އިންސްޓަގްރާމްގަ އާއި ފޭސްބުކްގައި ބަރަހަނާ 2 ވީޑިއޯއަކާއި ފޮޓޯތަކެއް ދައުރުކުރި ކަމުގެ ކުށުގައި 15 އަހަރާއި 20 އަހަރާއި ދެމެދުގެ 1000 ޒުވާނުންނާއި ދައުވާ ކުރަން ނިންމައިފިއެވެ.

ޑެންމާކުގެ ފުލުހުން ހުށަހަޅައިގެން ފޭސްބުކާއި އެމެރިކާގެ އެހީތެރިކަމާއެކު ފެންމަތިކުރުވާފައިވާ މި މައްސަލައިގައި މިތަކެތި ދައުރުކޮށްފައިވަނީ 2015 ވަނަ އަހަރުން މިދިއަ އަހަރާއި ހަމައަށެވެ.

އީޔޫގެ ޤާނޫނުގެ ދަށުން ބަލަމުންދާ މި މައްސަލައިގައި ކުށްވެރިވަނީ 800 ފިރިހެންކުދިންނާއި 200 އަންހެން ކުދިންނެވެ. މިހުރިހާ ކުދިންނަކީވެސް އުމުރުން 15 އަހަރާއި 20 އަހަރާއި ދެމެދުގެ ކުދިންނެވެ.

މިމައްސަލައިގައި ކުށް ސާބިތުވާ މީހުންނަށް 6 އަހަރުގެ ޖަލު ޙުކުމެއް އިއްވިދާނެއެވެ. އަދި އެއީ ފުރަތަމަ ކުށް ކަމަށްވާނަމަ އަދަބު ލުއިކޮށްދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.

ލުއި އަދަބުގައި ޖުރުމަނާކުރުމާއި މުޖުތަމައުއަށް ޚިދުމަތްކުރުން ހިމެނެއެވެ.
މިއަދު އޮންލައިން