ދޮން "ގާލްފްރެންޑާ" ޤަބޫލުނުވުމުން ބައްޕަ މަރާލަން ބޮމެއް ގަންނަން އުޅުނު އިންޑިއާ ޒުވާނަކު އިނގިރޭސިވިލާތުގަ 8 އަހަރަށް ޖަލަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ދޮން "ގާލްފްރެންޑާ" ޤަބޫލުނުވުމުން ބައްޕަ މަރާލަން ބޮމެއް ގަންނަން އުޅުނު އިންޑިއާ ޒުވާނަކު އިނގިރޭސިވިލާތުގަ 8 އަހަރަށް ޖަލަށް
އޭނާގެ ދޮން "ގާލްފްރެންޑާ" ބައްޕަ ޤަބޫލުނުވުމުން ބައްޕަ މަރާލަން ބޮމެއް ގަންނަން އޮންލައިންކޮށް މަސައްކަތްކުރި އިންޑިއާގެ ސިކް ޒުވާނަކު 8 އަހަރަށް ޖަލަށް ލުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ފުލުހުންނަށް މިކަމުގެ މުއުލޫމާތު ކުރިއާލައި އެނގިފައި އޮތުމުން އޭނާ ގަތް ބޮން އޮންލައިންކޮށް އިނގިރޭސިވިލާތަށް ގެނައުމުން ފުލުހުން ވަނީ ޕާރުސަލް ލިބިގަނެ، ބޮމުގެ ބަދަލުގައި ޑަމީ ބޮމެއް ލައިފައެވެ. އެއަށްފަހު ކޫރިއަރއިން ޕާރސަލް ހަވާލުކުރުމުން އޭނާ ހައްޔަރުކުރީއެވެ.

19 އަހަރުގެ ޒުވާނާގެ މައްޗަށް ޙުކުމް އިއްވަމުން ފަނޑިޔާރު ބުނީ ކަލޭގެ ބޭނުމަކީ ކަލޭގެ ބައިވެރިޔާ އާއި ގުޅިގެން އުޅުމާއި އެކުގައި ޔުނިވަރސިޓީގައި ކިޔެވުން ކަމަށްވީނަމަވެސް ބައްޕަގެ ކާރުގައި ބޮމެއް ހަރުކޮށް ބައްޕަ މަރާލަން އުޅުމަކީ ކުށެއް ކަމަށެވެ. އަދި ބައްޕަ އާއި ބެހޭގޮތުން އަންހެންކުއްޖާ އަށާއި ކުއްޖާގެ ޢާއިލާއަށް ދޮގުމައުލޫމާތު ދިނުމަކީވެސް ކުށެއް ކަމަށެވެ.

ދަރިވަރަކީ ލިވަރޕޫލް ޔުނިވަރސިޓީގައި މެޑިސިން ކިޔަވަމުންދިއަ ދަރިވަރެކެވެ.
މިއަދު އޮންލައިން