އިންޑިއާގެ 40 ފަތުރުވެރިން ގޮވައިގެން ދުބާއީއަށް ދިއަ ޓުއަރގައިޑަކު އެންމެ ފަހުވަގުތު ކުއްލިއަކަށް މަރުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އިންޑިއާގެ 40 ފަތުރުވެރިން ގޮވައިގެން ދުބާއީއަށް ދިއަ ޓުއަރގައިޑަކު އެންމެ ފަހުވަގުތު ކުއްލިއަކަށް މަރުވެއްޖެ
އިންޑިއާގެ މުމްބާއީން 40 ފަތުރުވެރިން ގޮވައިގެން ދުބާއީއަށް ދިއަ އިންޑިއާގެ ޓުއަރގައިޑަކު ދަތުރުގެ އެންމެ ފަހު ވަގުތު ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.

ހުރިހާ ކަމެއް ނިމިގެން ފުރަން ދިއުމަށް ލޮބީއަށް ނުކުމެތިއްބާ ގަޑިޖެހުމުން ވެސް ޓުއަރގައިޑް ކައުޝަލް ކުމާރު ނައުމުން ކޮންމެވެސް ކަމެއް މެދުވެރިވެއްޖެކަމަށް ބަލައި އެނާ ހޯދަން މަސައްކަތްކުރަނިކޮށް އެނގުނީ އޭނާ ވޯޓަރޕާކުގެ ގޮނޑިއެއްގައި މަރުވެފައި އޮއްވާ ފެނިއްޖެ ކަމެވެ.

ދަތުރު ގޮސް ތިބި 40 މީހުންނަށް އެކަންވެގެން ދިއައީ ލިބުނު ވަރަށް ބޮޑު ޝޮކަކަށެވެ.

ދަތުރުދިއަ މީހުން ބުނީ އޭނާއަކީ ވަރަށް ރަނގަޅު ޓުއަރގައިޑެއް ކަމަށާއި ދަތުރުގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ފުރިހަމަކޮށްދިން ކަމަށެވެ. ބެލެވޭ ގޮތުން އޭނާ މަރުވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.
މިއަދު އޮންލައިން