ޖަަރުމަނުން ޗައިނާގެ ޔުއާން ބަަލައިގެންފި
ޖަރުމަނުގެ ސެންޓްރަލް ބޭންކުން ބަލައިގަންނަ ރަސްމީ ފައިސާއެއްގެ ގޮތުގައި ޗައިނާގެ ޔުޢާން ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖެއްސި ނަމަވެސް ޔުއާން ގަންނަން ފަށާނެ ވަކި ދުވަހެއް އަދި ގަންނާނެ އަދަދެއް ޖަރުމަނުގެ ސެންޓްރަލް ބޭންކުން އަދި ހާމައެއް ނުކުރެއެވެ.
ޖަރުމަނުގެ ސެންޓްރަލް ބޭންކުގައި މިހާރު 170 ބިލިއަން ޑޮލަރުގެ ޖަމާއެއް ހުރިއިރު މިދިއަ ހަފްތާއަކީ ޖަރުމަނުގެ ފައިސާގެ އަގު އެންމެ އުފުލުނު ހަފްތާއެވެ.
ޗައިނާގެ ޔުއާން އަކީ ގިނަ ޤައުމުތަކަކުން ބަަލއިގަންނަ ރަސްމީ ފައިސާއަކަށް ހެދުމަށް ޗައިނާ އިން ކުރަމުން ގެންދާ މަސައްކަތްތަކަށް މިކަމުގެ ސަބަބުން ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.
ޖަރުމަނަކީ ޗައިނާ އާއިއެކު ވަރަށް ގިނަ ވިޔަފާރިތައް ކުރާ ޤައުމެކެވެ. ކުރިން ބޯޓުފަހަރުގައި ފޮނުވަމުންދިއަ މުދަލުގެ ބޮޑުބައެއް މިހާރު އެެއްގަމު މަގުން ޗައިނާއިން ޖަރުމަނަށް ފޮނުވަނީ ހައި ސްޕީޑް ރޭލުގައެވެ. އެހެންކަމުން މުދައު ލިބެން ނަގަނީ 6 ވަރަކަށް ދުވަހެވެ.