އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދުބާއީއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިއްޖެއެވެ. މިދަތުރުފުޅު ކުރައްވަވާނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހުން 11 ވަނަ ދުވަހަށެވެ.
މިއީ ދެ ޤައުމުގެ މެދުގައި ގުޅުންތައް ބަދަހިކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ މޯދީ ދުބާއީއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ. އެއިގެ ކުރިން އިންޑިއާގެ ބޮޑުވަޒީރަކު އެންމެފަހުން ދުބާއީއަށް ވަޑައިގެންފައިވަނީ 1981 ވަނަ އަހަރު އިންދިރާ ގާނދީއެވެ.