ކައިވެނި ކުރުމުގަ ނަސްލީ ތަފާތުކުރުމަށް އަމަލުކުރުން އިންޑިއާގެ ސްޕްރީމް ކޯޓުން މިއަދު މަނާކޮށްފިއެވެ. އަދި އެފަދަ ކަންކަން ކުރުން ހުއްޓުވުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށާއި ސަރުކާރުން މަސްއޫލިއްޔަތު އަދާނުކުރާނަމަ ކޯޓުން ފިޔަވަޅު އަޅާނެކަމަށް ވެސް ޙުކުމުގައި ބުނެފައިވެއެވެ.
ކޯޓުން ބުނީ ކައިވެނި ކުރުމުގައި ނަސްލާއިމެދު ސުވާލުވެސް ކޮށްގެން ނުވާނެ ކަމަށާއި ސުވާލުކުރުމަކީވެސް ކުށެއް ކަމަށެވެ.
ކޯޓުގެ މިހުކުމުގެ ސަބަބުން ކައިވެނިކުރުމުގައި ދީނީ ތަފާތުވުންތައް އުފެދިކުރިމަތިވަމުން އަންނަ މައްސަލަތަކަށްވެސް ހައްލެއް ލިބިގެންދާނެއެވެ. އެހެން ދީނެއްގެ މީހަކާއި ކައިވެނިކުރުމުން އަބުރު ރައްކައުތެރި ކުރުމުގެ ނަމުގައި މީހަކު މަރައިފިނަމަ އެކަމަކާއިމެދު ހަރުކަށި ފިޔަވަޅުތައް އަޅާނެއެވެ.
އިންޑިއާގައި ކައިވެނިކުރުމުގައި ނަސްލީ، ދީނީ އަދި ފެންވަރުގެ ތަފާތަށް ވަރަށް ބޮޑަށް ބަލައެވެ. އަދި މިހުކުމުގެ ސަބަބުން މިފަދަ މައްސަލަތައްވެސް ހައްލުވެގެންދާނެއެވެ.