އެމެރިކާއިން ފަލަސްޠީނަށް ދޭ 300 މިލިއަން ޑޮލަރުގެ އެހީ ކަނޑާލީމަ ބަނޑަށް ޖެހެނީ- އަރަބި ލީގް ލަދެއް ނުގަނޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 8ސ
އެމެރިކާއިން ފަލަސްޠީނަށް ދޭ 300 މިލިއަން ޑޮލަރުގެ އެހީ ކަނޑާލީމަ ބަނޑަށް ޖެހެނީ- އަރަބި ލީގް ލަދެއް ނުގަނޭތަ؟
ޢަރަބި ބައެއް ނޫސްތަކުގައި މިހާރު އެންމެ ފަލައަކުރުން ލިޔަނީ އެމެރިކާއިން ފަލަސްޠީނަށް (އިޒްރޭލު ބުނާހައި ގޮތަކަށް ބަސްއަހައިގެން އޮތުމަށް) އަހަރަކު ދެމުން އަންނަ 300 މިލިއަން ޑޮލަރު ދިނުން ހުއްޓާލުމުން ފަލަސްޠީނުގެ ރައްޔިތުން، ޚާއްޞަކޮށް ރިފިޔުޖީ ކޭމްޕުތަކުގައި ތިބި މީހުން ބަނޑަށް ޖެހޭ ކަމުގެ ވާހަކަތަކެވެ.

މިކަމާއި ގުޅިގެން މުސްލިމުން ނެރޭ ބައެއް އާދައިގެ ބްލޮގަރތަކުގައި ގެންދަނީ ސުވާލުތައް އުފައްދަމުންނެވެ.



ޢަރަބި ލީގުގެ ވެރިން ކޮބައިބާވައެވެ! މުއްސަނދިކަމުން ހައްދުފަހަނައަޅާފައި ތިބި ރަސްކަލުންތައް ކޮބައިތޯއެވެ! ދުނިޔެ ކުޑަވެގެން މާސްގައި ހޮޓާއެޅުމުގެ މަޝްރޫއުތައް ރާވަމުންދާ ވެރިންތައް ކޮބައިތޯއެވެ! 450 މިލިއަން ޑޮލަރަށް އެންމެ ކުރެހުމެއް ގަނެލުމުގެ މާލީ ޤާބިލުކަން ހުރި މަހުޖަނުންތައް ކޮބައިތޯއެވެ. އަހަރީ ޗުއްޓީއަށް ދުވާލަކު 8 މިލިއަން ޑޮލަރު ޚަރަދުކޮށްލާ ވެރިންތައް ކޮބައިތޯއެވެ.

އިސްލާމީ އުންމަތަށް މާތްﷲ ދެއްވަވާފައިވާ މުއްސަނދިކަމަކީ އެހެން އެއްވެސް ބައަކަށް ދެއްވަވާފައި ނުވާފަދަ ގިނަގުނަ ނިއުމަތްތަކެކެވެ.



އެހެންކަމާއިއެކުވެސް މުސްލިމުންނަށް އެމީހުންގެ އަމިއްލަ އުންމަތުގެ ހާލު ބަލަހައްޓައިލެވޭވަރުނެތުމުން އިސްލާމީ އުންމަތުގެ ވެރިން ލަދެއް ނުގަނޭތޯ ވެސް ގެންދަނީ ސުވާލު އުފައްދަމުންނެވެ.

އެހެންކަމަށްވާއިރު އިސްލާމީ އުންމަތާއި ފަލަސްޠީނުގެ ވާހަކަތައް އިތުރަށް ނުދައްކައި މަޑުން ތިބުމަށް ވެސް ބައެއް ބްލޮގަރތަކުގައި ދަނީ ގޮވާލަމުންނެވެ.
މިއަދު އޮންލައިން