ވަގަށް ނެގުމަށްފަހު ރޭޕްކުރުމުގެތެރޭގަ ފުއްޕާމެއާ ފުރަމޭ ހަލާކުކޮށްލި އަންހެންކުއްޖާގެ މަރު- ސަރުކާރު ބަސްހުސްވެފަ
ވަގަށް ނެގުމަށްފަހު ރޭޕްކުރުމުގެތެރޭގަ ފުއްޕާމެ އާއި ފުރަމޭ ހަލާކުކޮށްލި އަންހެންކުއްޖާގެ މަރާއި ގުޅިގެން ހާމަކުރި ޕޯސްޓްމޯޓޮމް ރިޕޯޓާއި ގުޅިގެން ސަރުކާރު ބަސްހުސްވެއްޖެއެވެ.
އިންޑިއާގެ އެންމެ ފަޤީރު ދާލިތުންގެ ޢާއިލާއަކަށް ނިޞްބަތްވާ 15 އަހަރުގެ އަންހެންކުއްޖާގެ މަރާއިމެދު ކުރިންވެސް ތުހުމަތުކުރެވުނު ފަދައިން ފުއްޕާމެއާއި ފުރަމޭ ހަލާކުވެފައިވަނީ ފެންގަނޑަކަށް ގެންބުމުންނެވެ.
އެއިގެ މާނައަކީ އެކަން ކޮށްފައި އެވަނީ ބާތް ޓަބްހުރި ފެންވަރު ރަނގަޅުގެއެއްގައި ކަމެވެ. ކުއްޖާގެ ހަށި ގަނޑު ފެނުނު ސަރަހައްދު ކައިރީގައި ކޯރެއްވެސް އޮވެއެވެ. ނަމަވެސް ކޯރަަށް ގަންބައި މަރައިލިނަމަ މަރާލުމަށްފަހު ގެންގޮސް މަގުމަތީގައި ބޭއްވުމުގެ ބޭނުމެއް އޮތްކަމަށް މީހުން ޤަބޫލެއް ނުކުރެއެވެ.
މިދިއަ ހަފްތާގެ އަންގާރަ ދުވަހު ގެއިން ސްކޫލަށް ދާން ނުކުތް ފަހުން ޚަބަރެއް ނުވާ ނިކަމެތި ޢާއިލާގެ ކުއްޖާގެ ހަށިގަނޑުގެ 19 ތަނަކަށް އަނިޔާކޮށްފައިވާއިރު އެއިގެ ތެރޭގައި ޖިންސީ ގުނަވަން ވެސް ހިމެނެއެވެ.
ކުއްޖާގެ ބައްޕަ ބުނީ ކުއްޖާ ގެއްލިގެން ރިޕޯޓްކުރުމުން ފުލުހުން އެދުވަހު އަޅައިވެސް ނުލާ ކަމަށާއި ފުލުހުން ހޯދައިދިންނަމަ ދަރިފުޅު މަރާލުމުގެ ކުރިން ހޯދޭނެ ކަމަށެވެ. ނަމަވެސް ޢާއިލާއަކީ ދާލިތުންގެ ޢާއިލާއަކަށްވާތީ އަޅައިވެސް ނުލީ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގައި މިހާރު އެންމެ ބާރަށް ކުރިއަށް ގެންދަނީ ގެރި އާއި ގުޅުވައިގެން މީހުން މެރުމާއި ރޭޕްކުރުމުގެ މަސައްކަތެވެ.