ހަރަމްފުޅު ސަރަހައްދުގަ ފުރޮޅުލީ ގޮނޑި ކޮށްޕުމުގެ ހުއްދަ ދޭ އުމުރު ކަނޑައަޅައިފި
ހައްޖަށާއި އުމުރާއަށް ދާ މީހުންގެ ތެރެއިން ފުރޮޅުލީ ގޮނޑީގެ ޚިދުމަތް ބޭނުންކުރަންޖެހޭ މީހުން ތިބޭ ގޮނޑި ކޮށްޕުމުގެ ހުއްދަ ދިނުމަށް ވަކި އުމުރެއް ކަނޑައަޅައިފިއެވެ.
އެގޮތުން ކަނޑައަޅާފައިވަނީ 25 އަަހަރާއި 60 އަހަރާއި ދެމެދުގެ މީހުންނަށް ހުއްދަ ދިނުމެވެ.
މިގޮތަށް އުމުރު ކަނޑައެޅި ސަބަބެއް ކަމަށް ބުނެފައިވަނީ އެނޫން އުމުރުގެ މީހުން ޚިދުމަތް ދޭން އުޅުމުން ސަފާ އާއި މަރުވާ ދޭތެރޭގައި ގޮނޑި ދުއްވުން ފަދަ ކަންކަމުގައި ދަތިތައް ކުރިމަތިވުމެވެ.
"ވަރަށް ގިނަ ބައަކު އެކަމާ ދަނީ ޝަކުވާ ހުށަހަޅަމުން. ގައިގަ ބާރު ހުރި މީހުންނަށް އެ ޚިދުމަތް ދެވޭނީ. އެހެންވެ ވަކި އުމުރެއް ކަނޑައަލަންޖެހުނީ" ހަރަމްފުޅުގެ އޮފީހުން ބުނެފައިވެއެވެ.