މަދީނާއަށް މިއަދު 3 ލޮޅުން އެރި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
މަދީނާއަށް މިއަދު 3 ލޮޅުން އެރި
މަދީނާގެ ސަރަހައްދުތަކަށް މިއަދު 3 ލޮޅުންއެރިއެވެ. ލޮލުންތައް އެރީ ރެކްޓަރ މިންގަނޑުން .95 އާއި .75 ގެ ބާރުމިނުގައެވެ. އެހެންކަމުން އެއްވެސް މީހަކަށްވެސް އަދި ތަނަކަށްވެސް އެއްވެސް ގެއްލުމެއް ނުލިބެއެވެ.

މީޓިއޮރޮލޮޮޖީން ބުނީ ލޮޅުންތަކަކީ އިއްޔެ 2.5 ގެ ބާރުމިނުގައި އައި ބިންހެލުމާއި ގުޅިގެން އެރި ލޮޅުންތަކެއް ކަމަށެވެ.

އިއްޔެވެސް މިއަދުވެސް މަދީނާގެ މައި ސިޓީ ސަރަހައްދަށް އެއްވެސް އަސަރެއް ނުކުރެއެވެ. ބިންހެލުން އައީ މަދީނާގެ މައި ސިޓީ އާއި 14 މޭލު ދުރު ސަރަހައްދަކަށެވެ.
މިއަދު އޮންލައިން