މަގުމައްޗަށް ނުކުތުމުން އެސްފިޔަތައް ގަނޑުވާ ދުނިޔޭގެ އެންމެ ފިނި ސިޓީގެ ފިނިމިން މައިނަސް 88އަށް
ބެލެވެނީ އެއީ ދުނިޔޭގެ އެންމެ ފިނި ސިޓީ ކަމަށެވެ. އެސިޓީގައި 500 ވަރަކަށް މީހުން ދިރިއުޅެއެވެ. މަގުމައްޗަށް ނުކުތުމުން ލޮލުގެ އެސްފިޔަތައް ގަނޑުވެގެންދެއެވެ. އެ ސިޓީގެ އެވްރެޖް ފިނިމިނަކީ މައިނަސް 58 އެވެ. އެއީ ސައިބީރިއާގެ އޮއިމިޔަކޮން ސިޓީއެވެ. ކުރީގައި ރަސިއާގެ ބައެކެވެ.
މިހަފްތާގައި އެސިޓީގެ ފިނިމިން މައިނަސް 74 އަށް ދަށަށް ދިއަ ކަމަށް ސަރުކާރުން ބުނެއެވެ. ބައެއް އަމިއްލަ މީހުން ބުނީމައިނަސް 88 އަށް ދަށަށް ދިއަކަމަށެވެ. 2013 ވނަ އަހަރު މައިނަސް 98 އަށް ދަށަށް ދިއަ ކަމަށް ރެކޯޑުތަކުން ދައްކައެވެ.
އެ ސިޓީގައި ކާރު ދުއްވުމަކީވެސް ފަސޭހައިން ކުރެވޭ ކަމެއް ނޫނެވެ. މަގުމައްޗަށް ނެރުމުން ބެޓެރީ ގަނޑުވެ މަސައްކަތް ނުކުރާތީއެވެ.