ޔަހޫދީ މުދާ އިންޑިއާއަށް އިތުރުކުރަން މަަޝްވަރާކޮށްފި- ނަތަޔާންހޫ ބޮލީވުޑް ތަރިން ލައްވާ ޔަހޫދީ ފިލްމެއް ކުޅުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ޔަހޫދީ މުދާ އިންޑިއާއަށް އިތުރުކުރަން މަަޝްވަރާކޮށްފި- ނަތަޔާންހޫ ބޮލީވުޑް ތަރިން ލައްވާ ޔަހޫދީ ފިލްމެއް ކުޅުވަނީ

އިންޑިއާއަށް ގޮސްއުޅޭ މުސްލިމުންގެ ހަތރުު ނަތަޔާންހޫ މިއަދު ހެނދުނު ދެ ބަނދަށް ސައިބޮއިލީ އޭނާ ހުންނަ ތާޖްމހަލް ހޮޓަލުގައި އިންޑިއާގެ ވިޔަފާރިވެރިންނާއިއެކުގައެވެ.
ފުރުޞަތުގެ ބޭނުން ހިފައި ނަތަޔާންހޫ ވަނީ އިޒްރޭލުގެ އުފެއްދުންތަކާއި ޓެކްނޮލޮޖީ އިންޑިއާއަށް އޮއްސައިލެވޭތޯ އިންޑިއާގެ ވިޔަފާރިވެރިންނާއެކު މަޝްވަރާކޮށްފައެވެ.

ޔަހޫދީ- އިންޑިއާ ވިޔަފާރި އިތުރަށް ކުރިއެރުވުމާއިބެހޭ ގޮތުން މިއަދު ތާޖްމަހަލް ހޮޓަލުގައި ބާއްވާ ބައްދަލުވުމެއްގައިވެސް ނަތަޔާންހޫ ބައިވެރިވެ ތަޤްރީރުވެސް ކުރާނެއެވެ.

މިއަދު ހަވީރު ބައްދަލުކުރުން އޮތީ ބޮލީވުޑްގެ ތަރިންނާއިއެވެ. ދެކުނު އޭސިއާ ސަރަހައްދުގައާއި އަަރަބި ޤައުމުތަކުގައި އިންޑިއާގެ ފިލްމުތައް ގިނަ ބައަކު ބަލާތީ މުސްލިމުންގެ ލޭ ބޮއި ފުފެމުންދާ އިޒްރޭލުގެ އިންސާފުވެރިކަމާއި މޮޅުކަން އަންގައިދޭ ދިލްމެއް ބޮލީ ވުޑްގެ ތަރިން ލައްވާ ކުޅުވަން މަޝްވަރާ ކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.
މިއަދު އޮންލައިން