ޑްރައިވަރުކަންކޮށްގެން މަތީ ތައުލީމް ހާޞިލުކުރި އިންޑިއާ މީހަކު ސްވިސް އެމްޕީއަކަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޑްރައިވަރުކަންކޮށްގެން މަތީ ތައުލީމް ހާޞިލުކުރި އިންޑިއާ މީހަކު ސްވިސް އެމްޕީއަކަށް!
އިންޑިއާގެ ކަރްނާޓާގެ އަންހެނަކަށް މީގެ 48 އަހަރު ކުރިން ލިބުނު ފިރިހެންދަރިއަކީ ސްވިޒަލޭންޑުގެ ޕާލަމެންޓް މެންބަރުކަން ކުރާނެ ދަރިއެއްކަން އޭނާ ހުވެފެނުންވެސް ދެކަފައެއް ނުވާނެއެވެ.

ސްވިސް ދެމަފިރިއަކު ގެންގުޅެ ބޮޑުކުރުމަށް ދަރިފުޅު ދިނީ ވިހޭތާ އެންމެ 15 ދުވަސްތެރޭގައެވެ. ދެމަފިރިން ކުއްޖާ ގެންދިއައީ ކެރަލާ ސްޓޭޓަށެވެ. އަންހެން މީހާ އެއިރު އެ ސްޓޭޓްގައި ޓީޗަރެއްގެ ވަޒީފާ އަދާކުރާތީއެވެ. ސްވިޒަލޭންޑަށް ބަދަލުވީ އެއިގެ ހަތަރު އަހަރު ފަހުންނެވެ.

ނިކޮލަސް ދާދިފަހުން އިންޑިއާއަށް ދިއައީ ދިއްލީގައި ބޭއްވި ދުނިޔޭގެ ޕާލަމެންޓު މެންބަރުންގެ ބައްދަލުވުމެއްގައި ބައިވެރިވެ ސްވިޒަލޭންޑް ތަމްސީލުކުރުމަށެވެ.

ނިކޮލަސް ކިޔައިދިން ގޮތުގައި އޭނާ ބަލައިބޮޑުކުރި ދެމަފިރިންނަކީ އެހައި ފުދުންތެރި ބައެއް ނޫނެވެ. އެހެންކަމުން މަތީ ތައުލީމަށް ފައިސާ ހޯދަން އޭނާ ލޮރީ ޑްރައިވަރުކަމާއި ވޯކްޝޮޕްތަކުގައި އިންޖިނޭރުކަންވެސް ކުރިއެވެ.

އޭނާ ބުނާ ގޮތުން 2002 ވަނަ އަހަރު އޭނާ އަވަށުގެ ކައުންސިލަރަކަށް އިންތިޚާބުކުރިއެވެ. އަދި މިދިއަ ނޮވެމްބަރު މަހުން ފެށިގެން އޭނާއަކީ އޭނާގެ އަވަށް ޕާލަމެންޓުގައި ތަމްސީލުކުރާ މެންބަރެވެ.

ނިކޮލަސް ބުނާ ގޮތުން އޭނާގެ އަންހެން ދަރިފުޅަށް ނަންދީފައިވަނީ މަންމަގެ ނަމުންނެވެ. ނިކޮލަސްގެ އެންމެ ބޮޑު ހިތާމައަކީ ބޮޑުވެގެން މަންމަ ހޯދަން ކުރިމަސައްކަތް ކާމިޔާބު ނުވުމެވެ. ދިރިއުޅޭ ތަނެއް ނުއެނގުމުގެ ސަބަބުންނެވެ.
މިއަދު އޮންލައިން