ވިޓަމިން ޑީ އެކުލެވޭ ބޯފެން ދުބާއީގެ ބާޒާރަށް ނެރުމުން އޮބިނޯވެ ވިކެމުން އެބަދެއެވެ. ދުބާއީގެ 80 އިންސައްތަ މީހުންނަކީ ވިޓަމިން ޑީ މަދުވުމުގެ މައްސަލަތައް ހުންނަ މީހުންނެވެ.
ބޮޑެތި މީހުންނަށާއި ކުޑަކުދިންނަށްވެސް ބޭނުންކުރެވޭ ގޮތަށް އަގްތިއާ ގްރޫޕުން އުފައްދާ 500 އެމްއެލްގެ ފުޅިއެއް ވިއްކަނީ 2 ދިރުހަމަށެވެ.
ވީޓަމިން ޑީ މަދުވުމަކީ ހިތުގެ ބައެއް ބަލިތަކާއި ޓީބީވެސް ޖެހޭ ސަބަބެކެވެ. އަދި ލޮލުގެ ފެނުމަށްވެސް އުނިކަން ލިބޭ ކަމެކެވެ. އަދި ކަށީގެ މައްސަލަތައްވެސް ކުރިމަތިވާ ސަބަބެކެވެ.
ރާއްޖޭގެ ވެސް ގިނަ ބައަކަށް ވަނީ ވިޓަމިން ޑީ މަދުވުމުގެ މައްސަލަތައް ކުރިމަތިވެފައެވެ. ރާއްޖޭގައި ފެން އުފައްދާ ކުންފުނިތަކުން މިފަދަ އުފެއްދުމެއް އުފައްދައިފިނަމަ ބޮޑު ތަރުޙީބެއް ލިބޭނެ ކަމަށް ބެލެވެއެވެ.