ޞުލްޙައަށްޓަކާ ދުނިޔޭގަ ސައިކަލް ދުއްވާ މީހެއްގެ ސައިކަލް ވަގަށް ނެގުމުން ފުލުހުން ސައިކަލެއް ގަނެދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ޞުލްޙައަށްޓަކާ ދުނިޔޭގަ ސައިކަލް ދުއްވާ މީހެއްގެ ސައިކަލް ވަގަށް ނެގުމުން ފުލުހުން ސައިކަލެއް ގަނެދީފި
ޞުލްޙައަށްޓަކައި ދުނިޔޭގައި ސައިކަލް ދުއްވަމުންދާ މީހެއްގެ ސައިކަލް ވަގަށް ނެގުމުން ފުލުހުން އޭނާއަށް ސައިކަލެއް ގަނެދީފިއެވެ.



ޗައިނާގެ ރައްޔިތެއް ކަމަށްވާ ޗެން ލިއާން ކްއާން ދުނިޔޭގެ ޤައުމުތަކަށް ސައިކަލުގައި ދަތުރުކުރަމުން ގޮސް މިހާރު ހުރި ދުބާއީއަކީ އޭނާގެ މިދަތުރުގައި ދިއަ 103 ވަނަ ޤައުމެވެ. އުމުރުން 55 އަހަރުގެ ޗެން ދުނިޔޭގެ ޞުލްޙައަށް ކުރާ ދަތުރު ފަށާފައިވަނީ އޭނާގެ އުމުރުން 23 އަހަރުގަ 1986 ވަނަ އަހަރު އެވެ.

ފުރަތަމަ ކުރިކަމަކީ ޗައިނާގެ ހުރިހާ ސިޓީއަކަށް ބައިސްކަލް ދުއްވުމެވެ. އެކަމަށް 13 އަހަރު ހޭދަކުރަންޖެހުނެވެ.



ސައުދީއަށް ދާން ބޭނުންވާ ވިސާގެ އިންތިޒާރުގައި ދުބާއީގައި ހުންނަތާ މިހާރު މަހެއްހައި ދުވަސް ވެއްޖެއެވެ. މީގެ 3 ދުވަސްކުރިން ދުބާއީގެ ޕާކަކަށް ގޮސް އޭނާއަށް ސައިކަލް ބެހެއްޓުނީ ފުލުހުން ބަލަހައްޓާ ސަރަހައްދާއި ދުރުތަނެއްގައެވެ. ނުކުތް އިރު ސައިކަލް ނެތުމުން 999 އަށް ގުޅީ ސައިކަލް ފެނޭތޯ މަސައްކަތްކޮށްދިނުން އެދިއެވެ.



ފޯނުކުރުމުން މައްސަލަ ބަލަން އައި ފުލުހުން އޭނާ ގޮވައިގެން ދިއައީ ސައިކަލް ވިއްކާ ޝޯރޫމަކަށެވެ. އެތަނުން އޭނާ ގަންނަން ބޭނުންވި ޔަަމަހާ އެމްޓީ 700 ގެ ސައިކަލު ފުލުހުން ވަނީ އޭނާއަށް ގަނެދިފައެވެ.

ޗެން އަކީ ލަވަ ހަދާ އަދި ލަވަކިޔާ މީހެކެވެ. އޭނާ ވަނީ މިހައިިތަނަށް ޗައިނާ ބަހުން 176 ލަވަ ހަދައި ރެކޯޑްވެސް ކޮށްފައެވެ. Mީގެ އިތުރުން ޗެން އަކީ އޭނާގެ ހެދުންތައް އަމިއްލައަށް ޑިޒައިންކުރާ ޑިޒައިނަރެކެވެ.
މިއަދު އޮންލައިން