ބައްޕަ ޝަހީދުކޮށްލުމުން ދަރިން ބަޑި އުފައްދައިގެން ޔަހޫދީ ސިފައިންނަށް ހަމަލާދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ބައްޕަ ޝަހީދުކޮށްލުމުން ދަރިން ބަޑި އުފައްދައިގެން ޔަހޫދީ ސިފައިންނަށް ހަމަލާދީފި
ރޭ ފަތިހު ވެސްޓް ބޭންކުގައި ޔަހޫދީ ސިފައިންނަށް އަމިއްލައަށް އުފައްދާފައިވާ މެޝިން ބަޑިއަކުން ހަމަލާދިން އުމުރުން 22 އަހަރުގެ ޖައްރާރުގެ ބައްޕަ 2002 ވަނަ އަަހަރު ވަނީ ޔަހޫދީ ސިފައިން ޝަހީދުކޮށްލައިފައެވެ.

ރޭ ފަތިހު ޔަހޫދީ ސިފައިން ޖައްރާރުގެ ވށައިލީ ދާދިފަހުން ޔަހޫދީންގެ މީހަކަށް ހަމަލާދީ މަރައިލީ ޖައްރާރުކަމަށް ތުހުމަތުކޮށް އޭނާ އަތުލުމަށެވެ.

ބަދަލުކުރެވުނު ހަމަލާތަކުގައި ޔަހޫދީ ސިފައިންގެ 2 މީހަކަށް ވަނީ އަނިޔާވެފައެވެ. ފަލަސްޠީނުގެ ޒުވާނަކު ވަނީ ޝަހީދުކޮށްލައިފައެވެ.

ޔަހޫދީ ސިފައިން ވަނީ ޖައްރާރު އަތުލައިގަނެގެން ގެންގޮސްފައެވެ. އަދި އެގެން ވަނީ އޭނާ އަމިއްލައަށް އުފައްދާފައިވާ ބަޑިއާއި ވަޒަންތަކެއްވެސް ހޯދައިގެން ގެންގޮސްފައެވެ.
މިއަދު އޮންލައިން