މި ލޯބިލޯބި އާޝިފާ ގެއްލުނުތާ 7 ދުވަސްފަހުން ފެނުނީ ޖިންސީ ގޯނާކުރުމަށްފަހު މަރާލާފަ އޮއްވަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
މި ލޯބިލޯބި އާޝިފާ ގެއްލުނުތާ 7 ދުވަސްފަހުން ފެނުނީ ޖިންސީ ގޯނާކުރުމަށްފަހު މަރާލާފަ އޮއްވަ!
މި ލޯބިލޯބި އާޝިފާ އަކީ އުމުރުން އެންމެ 7 އަހަރުގެ ކުއްޖެކެވެ. ނިޞްބަތް ވަނީ އިންޑިއާގެ ޖައްމޫ ކަޝްމީރުގެ ކަތުއާ ޑިސްޓްރިކްޓްއަށެވެ.

ގެއްލުނުތާ 7 ދުވަސް ފަހުން ފެނުނީ ރޭޕްކުރުމަށްފަހު މަރާލާފައި އޮއްވައެވެ. އާއިލާއިން ބުނީ ފުލުހުންނަށް މައްސަލަ ހުށަހަޅައިގެން އާދޭސްކުރަމުން ފަހަތުން ހިނގި ކަމަށެވެ. އެހެންކަމާއިއެކުވެސް އެއްވެސް ސަމާލުކަމެއް ނުލިބުނު ކަމަށެވެ.

އިންޑިއާގައި މިބާވަތުގެ އަމަލުތައް އިތުރުވަމުން އަންނާތީ ގިނަ ބައަކު ދަނީ ރުޅި ގަދަވެ ކޮންޓްރޯލުން ނައްޓަމުންނެވެ. ބުނަމުން ގެންދަނީ ފަޤީރުންގެ ދަރިންނަށް މިހާރު އެއްވެސް ހިމާޔަތެއް ނެތް ކަމަށެވެ. ކޮންމެ ދުވަހަކު މިފަދަ އެތައް ބައިވަރު މައްސަލަތައް ކުރިމަތިވަމުން އަންނަ އިރުވެސް ސަރުކާރުން އެއްވެސް ސަމާލުކަމެއް ނުދޭ ކަމަށެވެ.
މިއަދު އޮންލައިން