ޔޫއޭއީގެ ޖެޓްތަކުން ހަމަލާދީ ހޫތީންގެ މައި ކޮމާންޑް ސެންޓަރު ގޮއްވާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 27ސ
ޔޫއޭއީގެ ޖެޓްތަކުން ހަމަލާދީ ހޫތީންގެ މައި ކޮމާންޑް ސެންޓަރު ގޮއްވާލައިފި
ޔޫއޭއީގެ ބޮންއަޅާ ޖެޓްތަކުން ހަމަލާދީ ހޫތީންގެ މައި ކޮމާންޑް ސެންޓަރު ގޮއްވާލައިފިއެވެ. ހަމަލާތަކަށްފަހު ކޮމާންޑް ސެންޓަރުގައި ރޯވެ އަނދަމުންދިއަތަން ޓީވީތަކުން ވަނީ ދައްކައިފައެވެ.

ހޫތީ ހަނގުރާމަވެރިންނަށް އަމުރުތައް ނެރެ ހަމަލާތައް ރޭވުމަށް ބޭނުންކުރާ މައި މަރުކަޒަކީ އީރާނުން ދޭ ހަތިޔާރުތައް ވެސް ރައްކާކުރަން ބޭނުންކުރާ ބިންގަރާހެކެވެ.

ރިޕޯޓްތައް ބުނާގޮތުން ހޫތީންގެ މައި މުވާސަލާތީ މަރުކަޒު ހަލާކުކޮށްލުމުން ހޫތީންނަށް ހަނގުރާމަތައް ކުރިއަށް ގެންދިއުމަށާއި ހަމަލާތައް ދިނުމަށް ދަތިތަކެއް ކުރިމަތިވާނެއެވެ.
މިއަދު އޮންލައިން