ފަލަސްޠީނު ދަރިވަރަކަށް ޑްރަގްދީގެން ޖިންސި ގުޅުން ހިންގަމުންދިއަ ދުބާއީ އަންބަކު ހައްޔަރުކޮށްފިއެވެ.
އަނބިމިހާގެ އަމަލުތަކާއިމެދު ޝައްކުވެގެން ފިރިމީހާ ބަލަމުންދަނިކޮށް އޭނާއަށް ފެނުނީ ހޮޓަލަކަށް އަނބިމީހާ ވަންނަ ތަނެވެ. ހޮޓަލާއި ގުޅިގެން ސީސީޓީވީ އިން ބެލުމުން އެނގުނީ އެނާ ހޮޓަލުގެ ކޮޓަރިއަކަށްވަނީ ޒުވާނަކާއިއެކުގައި ކަމެވެ.
ފުލުހުން ގެނުވައި ކޮޓަރި ހުޅުވުމުން އެނގުނީ އަނބިމާ 26 އަހަރުގެ ދަރިވަރަށް ޑްރަގްގެ ބާވަތެއް ދީގެން އޭނާއާއިއެކު ޖިންސީ ގުޅުން ހިންގަމުން ގެންދާ ކަމެވެ. އަދި ފުލުހުން ކުރި ޓެސްޓްތަކުން އެނގުނީ ދެމީހުންވެސް ތިބީ ޕާޓީ ޑްރަގް ބޭނުންކޮށްގެން ކަމާއި ޑްރަގު ޒުވާނާއަށް ދިނީ އަންހެން މީހާ ކަމެވެ.
އަންހެން މީހާ ބުނެފައިވަނީ އޭނާއަށް ޑްރަގުގެ ބާވަތްތައް ހޯދައިދެނީ އޭނާގެ ފިރިހެން ކޮއްކޮ ކަމަށާއި ކޮއްކޮ ޑްރަގް ހޯދަނީ ޕާކިސްތާނު މީހެއްގެ އަތުން ކަމަށެވެ.
ކޯޓުން ވަނީ ދެމީހުންވެސް ޖަލުގައި ބަންދުކޮށްފައެވެ. ފުލުހުން ބުނެފައިވަނީ މިބާވަތުގެ މައްސަލަތައް އަތުލައިގެނެވޭނީ ޢާއިލާތަކުން އެއްބާރުލުން ދިނުމުން ކަމަށެވެ.