ދުނިޔޭގެ އެންމެ ފުރަތަމަ މޫދު ބަދިގެ ޚިދުމަތަށް ނުކުންނަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ދުނިޔޭގެ އެންމެ ފުރަތަމަ މޫދު ބަދިގެ ޚިދުމަތަށް ނުކުންނަނީ
ދުނިޔޭގެ އެންމެ ފުރަތަމަ މޫދު ބަދިގެ މިމަހުގެ ފަހުކޮޅު ޚިދުމަތަށް މޫދަށް ނުކުންނާނެއެވެ.

މީގެ ކުރިން އަޑުއަހަނީ ފްލޯޓީންގ ހޮޓެލްސް ފަދަ ތަންތަނުގެ ވާހަކައެވެ. ނަމަވެސް ދުބާއީގެ މި މޫދު ބަދިގެ ވެގެންދާނީ ދުނިޔޭގެ އެންމެ ފުރަތަމަ މޫދު ބަދިގެއަށެވެ.

ކޮންމެ ދުވަހަކުވެސް މި ބަދިގެ ހުޅުވުމާއިއެކު ބަނދަރުގައި ހުންނަ ބޯޓުފަހަރުން އޯޑަރުތައް ނަގަން ފާށާނެއެވެ. އޯޑަރުތައް ނެގުމަށްފަހު ޖެޓް ސްކީއެއްގައި ސަޕްލައިކޮށްދޭނެއެވެ.

މޫދު ކުޅިވަރުތަކުގައި އުޅޭ މީހުންނަށްވެސް ބަދިގެއިން ޚިދުމަތްދޭނެއެވެ. ބަދިގެ ތައްޔާރުކުރަނީ ފަސްތަރީގެ ފެންވަރުގައެވެ. ބަދިގޭގައި މަސައްކަތްކުރާނީ ފަސްތަރީގެ ކައްކާއިންނެވެ.
މިއަދު އޮންލައިން