"ވޯލްޑް ގަވަރމަންޓް ސަމިޓް"ގެ މައި ތަޤްރީރް ދެއްވާނީ ބޮޑުވަޒީރު މޯދީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
"ވޯލްޑް ގަވަރމަންޓް ސަމިޓް"ގެ މައި ތަޤްރީރް ދެއްވާނީ ބޮޑުވަޒީރު މޯދީ
އަންނަ ފެބްރުވަރީ މަހު ދުބާއީގައި ބާއްވާ "ވޯލްޑް ގަވަރމަންޓް ސަމިޓް"ގެ މައި ތަޤްރީރް ދެއްވާނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކަމަށް ހަމަޖައްސައިފިއެވެ.

ފެބްރުވަރީ މަހު 11 އިން 13 އަށް ދުބާއީގައި ކުރިއަށް ގެންދާ މިއަހަރުގެ ސަމިޓުގެ ހޯސްޓް ކަންޓްރީ އަކަށްވެސް ހަމަޖައްސާފައިވަނީ އިންޑިއާ އެވެ.

ދުބާއީން ޤައުމުތަކަށް ދައުވަތުދީގެން ބާއްވަމުން ދާ މިސަމިޓަކީ ޤައުމުތަކުގެ ސަރުކާރު ހިންގުން އިތުރަށް ހަރުދަނާ ކުރަން ކުރަންޖެހޭ ކަންކަމާއި އިޤްޠިޞާދީ ގޮތުން ކުރިއެރުން ހޯދުމަށް މަޝްވަރާކުރުމަށް ކޮންމެ އަހަރަކު ބާއްވަމުން ގެންދާ ސަމިޓެކެވެ.

ޤައުމުތަކުން ތަރައްޤީއަށްޓަކައި ސަރުކާރުތަކުން ކުރިއަށް ރާވާ މުހިންމު މަޝްރޫއުތަކަށާއި ހޯދޭ ކާމިޔާބީތަކަށް މި ސަމިޓުގައި ބަހުސްކުރެއެވެ.
މިއަދު އޮންލައިން