ފިރިމީހާ ބޭނުންވާ ވަރަށް ޑައުރީ (ކައިވެންނާއި ގުޅުވައިގެން ދޭ ފައިސާ) ދޭން ނުލިބުމުން އެންމެންގެ ކުރިމަތީގައި 3 ފަށް ވަރިން ވަރިކޮށް ގޭގެ ބެލްކަނީން އެއްލައިލި އަންހެނަކު ހޮސްޕިޓަލުގައި މަރާއި ހަނގުރާމަކުރަމުން އެބަދެއެވެ.
އަންހެން މީހާގެ ގައިގެ ގިނަ ކަށިތަކެއް ވަނީ ބިނދި އަދި ރެނދުލައިފައެވެ. މިހާދިސާ ހިނގާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އިންޑިއާގެ މުޒައްފަރު ނަގަރުގައެވެ.
މިދިއަ ޑިސެމްބަރު މަހު ވަނީ 3 ފަށް ވަރިން ވަރިކޮށްފިނަމަ 3 އަަހަރަށް ޖަލަށް ލުމުގެ ބިލް ފާސްކޮށްފައެވެ. އިންޑިއާ އަކީ 3 ފަށް ވަރިން ވަރިކުރުމުގެ ދުނިޔޭގެ ރެކޯޑް އޮންނަ ޤައުމެވެ.