އެމެރިކާގެ ރައީސް ޓްރަމްޕް އިނގިރޭސިވިލާތަށް ދަތުރެއް ކުރާނަމަ އެނާއަށް ނުއެރޭނެ ޒޯނެއް ކަނޑައަޅައިފިއެވެ.
"ޓްރަމްޕް ފްރީ ޒޯން"ގެ ގޮތުގައި ލަންޑަންގެ އީސްޓް އެންޑް ސަރަހައްދު ކަނޑައެޅީ އެ ސަރަހައްދުގެ މުނިސިޕަލް ކައުންސިލުގެ މެންބަރުންގެ މެދުގައި ނެގި ވޯޓެއްގައެވެ. ބޮޑު އަޣްލަބިއްޔަތަކުން ފާސްކޮށްފައިވަނީ އެ ސަރަހައްދަށް ޓްރަމްޕަށް އެރިގެން ނުވާނެ ކަމަށެވެ.
ކައުންސިލުގެ މެންބަރު އޯހިދް އަޙްމަދު ވިދާޅުވީ ޓްރަމްޕަށް ދައުވަތުދީގެން އިނގިރޭސިވިލާތަށް ގެނައުމަކީ ސަރުކާރުގެ ކަމެއް ކަމަށާއި އެ ދައުވަތު ދިނުމުން މިހާރު ޓްރަމްޕް ޤަބޫލުވެސް ކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ނިންމުންވެސް ވަރަށް ސާފްކަމަށެވެ.
އަޙްމަދު ވަނީ އިނގިރޭސިވިލާތަށް ޓްރަމްޕް ނުގެނައުން އެދިވަޑައިގެން އިނގިރޭސި ސަރުކާރަށާއި އެމެރިކާ އެމްބަސީއަށް ސިޓީފުޅެއްވެސް ފޮނުއްވައިފައެވެ.