ދޫނި ރޯގާއިން ސަލާމަތްވުމަށް ހިޖުރަކުރާ ދޫނި ހިފުން ސައުދީގަ މަނާކޮށްފި
ސައުދިއަރަބިޔާއަށް ހިޖުރަކުރާ ދޫނި ހިފުން ސައުދިއަރަބިޔާއިން މަނާކޮށްފިއެވެ.
ހެލްތް މިނިސްޓްރީން ބުނީ ޔޫރަޕުގައި ފިނި މޫސުން ކުރިއަށްދާއިރު ކޮންެމެ އަހަރަކުވެސް ގިނަ އަދަދެއްގެ ތަފާތު ދުނިތައް ހިޖުރަކުރާ ކަމަށެވެ. އަދި ގިނަ ބައަކު ގެންގުޅުމަށްޓަކައި ދޫނި ހިފާ ކަމަށެވެ.
ސައުދިއަރަބިޔާއިން މިދިއަ ހަފްތާގައި ވަނީ ދޫނި ރޯގާ ޖެހުނު ބައަކު ފެނިފައެވެ. ހެލްތް މިނިސްޓްރީން ޤަބޫލުކުރަނީ ވައިރަސް ައައީ ިޖުރަކުރި ދުނިން ކަމަށެވެ. ވައިރަސް ފެތުރި ބައެއް ކުކުޅުތަކުންވެސް ވަނީ ވައިރަސް ފެނިފައެވެ.