އެހެން ނަމެއްގައި ޔޫކްރޭންގެ ރައީސް ރާއްޖެ ވަޑައިގަތް

ކިޔުމަށް ހޭދަވާނީ 45ސ
އެހެން ނަމެއްގައި ޔޫކްރޭންގެ ރައީސް ރާއްޖެ ވަޑައިގަތް
ޔޫކްރެއިންގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ މިމަހުގެ ދެވަނަ ދުވަހު، އެހެން ނަމެއްގައި ސިއްރުން ރާއްޖެ ވަޑައިގަތްކަމުގެ މައުލޫމާތު ލިބިއްޖެއެވެ.

ޔޫކްރޭންގެ ރައީސް އާއި އޭނާގެ އާއިލާ ރާއްޖެއަށް މިކުރެއްވި ސިއްރު ދަތުރުފުޅު ނިންމަވާލައްވާ އެނބުރި ވަޑައިގެންނެވީ މިހިނގާ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހު ކަމަށް އެޤައުމުގެ ޓީވީ ސްޓޭޝަނަކުން ހެދި އިންވެސްޓިގޭޓިވް ރިޕޯޓެއްގައި ބުނެފައިވެއެވެ.

ޕޮރޮޝެންކޯ ރާއްޖެ ވަޑައިގެންނެވީ "ޕެޓްރޯ އިންކޮފްނިޓޯ" ގެ ނަމުގައެވެ. އަދި އާއިލާއާއިއެކު މަޑު ކުރެއްވީ ޗިވަލް ބްލޭންކް ރަންދެލި ރިސޯޓުގައެވެ.

މީގެއިތުރުން އެރިޕޯޓުގައި ބުނާ ގޮތުން، ޔޫކްރެއިން ގެ ރައީސްގެ އެދަތުރުފުޅަށް ފަސް ލައްކަ ޑޮލަރު ޚަރަދު ކޮށްފައިވެއެވެ. އަދި އެކަމަށް އެޤައުމުގެ ރައްޔިތުން ދަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.



މިއަދު އޮންލައިން