ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ސައުދިއަރަބިޔާއަށް ފޮނުވި އިތުރު މިސައިލެއް ސައުދީ ސިފައިން ހޮނިހިރު ދުވަހުވެސް ވައްޓާލައިފިއެވެ.
ސައުދީ ހޯމް މިނިސްޓްރީން ބުނީ ހޫތީން ފޮނުވި ބެލިސްޓިކް މިސައިލް އަމާޒުކޮށްފައިވަނީ ނަޖްރަންގެ ސަރަހައްދަށް ކަމަށެވެ. މިއީ ފާއިތުވި 10 ވަރަކަށް ދުވަހުގެ ތެރޭގައި ހޫތީ ހަނގުރާމަވެރިން ފޮނުވި 3 ވަނަ މިފަދަ މިސައިލެވެ. ކުރީގެ 2 މިސައިލްވެސް ވަނީ ވައްޓާލައިފައެވެ.
ސައުދި އަރަބިޔާއިން ވަނީ އީރާނުން ހޫތީ ހަނގުރާމަވެރިންނަށް މިސައިލް ދޭތީ އެކަމާއިމެދު ފިޔަވަޅު އަޅައިދިނުމަށް ބައިނަލްއަޤްވާމީ ފަރާތްތަކަށް ގޮވާލައިފައެވެ.