އިންޑިއާގެ ކޮލްކަތާގައި 27 އަހަރުގެ އަންހެނަކު ރޭޕްކޮށް ވީޑިއޯކުރި މައްސަލައެއްގައި 4 މީހުންނާއި 2 'ކުޑަކުދިން" ހައްޔަރުކޮށްފިއެވެ.
އަނިޔާލިބުނު އަންހެން މީހާ ބުނީ ހުކުރު ދުވަހު މެންދުރު 12:30 ހައިއިރު ކުކުޅެއް ގަންނަން ވެގެން ދިއުމުން ފިހާރައިގައި ހުރި މީހަކު ކުކުޅު ހަވާލުކުރުމުގެ ނަމުގައި ގެންދިއައީ އެތަނުގެ ކައިރީގައި ހުރި ފަޅުގެއަކަށް ކަމަށެވެ. އެތަނަށް ދިއަތަނާ 6 މީހަކުވެގެން އޭނާ ރޭޕްކުރީ ކަމަށެވެ. އެއްބައަކު ތިބެނީ ފޯނަށް ވީޑިއޯކުރަން ކަމަށެވެ.
ފުލުހުން ބުނީ އެވާހަކަ އެއްވެސް މީހެއްގެ ގާތު ބުނެފިނަމަ އިތުރަށް އަނިޔާކުރާނެ ކަމުގެ އިންޒާރުވެސް ދީފައިވާ ކަމަށެވެ.