ހޯމްވޯކް ނުހަދާތީ 3 ވަނަ ކްލާހުގެ ދަރިވަރެއްގެ ގައިގައި އެހެން ކުދިންލައްވާ 40 އެތިފަހަރު ޖައްސުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 30ސ
ހޯމްވޯކް ނުހަދާތީ 3 ވަނަ ކްލާހުގެ ދަރިވަރެއްގެ ގައިގައި އެހެން ކުދިންލައްވާ 40 އެތިފަހަރު ޖައްސުވައިފި
އިންޑިއާގެ ކާންޕޫރުގެ އަމިއްލަ ސްކޫލެއްގެ ގްރޭޑް 3 ގައި ކިޔަވާ ދަރިވަރަކު ހޯމްވޯކް ފުރިހަމަނުކޮށް ކްލާހަށް ދިއުމުން ކްލާހުގެ އެހެން ކުއްދިއްލައްވާ 40 އެތިފަހަރު ޖައްސުވައިފިއެވެ.

ކުއްޖާގެ ބައްޕަ ބުނީ ދަރިފުޅު ސްކޫލަށް ނުދާން އުޅޭތީ ސުވާލުކުރުމުން ސަބަބު ކިޔައިދިނީ ވަރަށް ވަރުން ކަމަށެވެ. މިކަމާއި ގުޅިގެން ޝަކުވާ ކުރުމުން ޓީޗަރު މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ.

އިންޑިއާގައި ދަރިވަރުންނަށް އަދަބު ދިނުމަކީ ޢާންމު ކަމެކެވެ. ނަމަވެސް ދަރިވަރުން ލައްވައި ދަރިވަރުންނަށް އަދަބު ދިނުމަކީ އެހައި ޢާންމުކަމެއް ނޫނެވެ.
މިއަދު އޮންލައިން