އެކި ފަހަރުމަތިން 25 ކާރުގައި ހުޅުޖެހި މައްސަލައެއްގައި އިންޑިއާގެ ބެންގަލޫރުގެ މެޑިކަލް ކޮލެޖުގެ އެސިސްޓެންޓް ޕްރޮފެސަރ އަމީތް ގައިކްވަޑް ފުލުހުން ހައްޔަރުކޮށްފިއެވެ.
މީނާ ކާރުތަކުގައި ހުޅުޖަހަނީ ކާފޫރު ބޭނުންކޮށްގެން ކާރުގެ އިންޖީނުގައި ހުޅުރޯކުރުވައިގެންނެވެ. މީނާ އަތުލައިގަތީ ސެކިޔުރިޓީ ގާޑެކެވެ. ފުލުހުން ބުނީ މިނާ ކާރުތަކުގައި ހުޅުޖަހާފައިވަނީ 15 ފަހަރެއްގެމަތިން ކަމަށެވެ.
ކާރުތައް ކައިރީގައި މިމަހުގެ 17 ވަނަ ދުވަހުގެ ރޭ އޭނާ އުޅުނު ގޮތުން ސެކިޔުރޓީ ގާޑަށް ޝައްކު ކުރެވިގެން ފުލުހުންނަށް އެންގުމުން އައިސް ކުރި ސުވާލުތަކަށް ދިން ޖަވާބަށް ހިތްހަމަ ނުޖެހިގެން އޭނާގެ ކާރު ބަލައި ފާސްކުރުމުން ހުޅުޖަހަން ބޭނުންކުރާ ތަކެތި ވަނީ ފެނިފައެވެ.
މިފަދަ ކަމެއް މީނާ ކުރުމުން ޑިޕާޓްމަންޓުގެ ހުރިހާ މުވައްޒިފުންނަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. އެއީ އެނާއަކީ ވަރަށް ޒިންމަދާރުކަމާއިއެކު މަސައްކަތްކުރާ ޕްރޮފެސަރަކަށްވާތީއެވެ. އެހެންކަމުން އޭނާގެ ސިކުނޑީގައި މައްސަލައެއް ހުރިތޯ މިހާރު ދަނީ ބަލަމުންނެވެ.
މިނާ ހުޅުޖަހާފައިވާ ކާރުތަކުގެ ތެރޭގައި 13 ޑޮކްޓަރެއްގެ ކާރު ވެސް ހިމެނެއެވެ. ނަމަވެސް އެޑޮކްޓަރުންނަކީ އޭނާ އާއި އެއްވެސް ގުޅުމެއްވެސް ހުރި ބައެއް ނޫނެވެ. މީނާ ކާރުގައި ހުޅުޖަހަން ތަންތަނަށް ވަންނަނީ ހެލްމެޓެއް އަޅައިގެންނެވެ.