ޕޯލިއޯ ވެކްސިން ދިނުމަށް ކެންޕޭނުކުރަން ދިއަ އަންހެނަކަށް ވެސް ރޭޕްގެ ހަމަލާ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 31ސ
ޕޯލިއޯ ވެކްސިން ދިނުމަށް ކެންޕޭނުކުރަން ދިއަ އަންހެނަކަށް ވެސް ރޭޕްގެ ހަމަލާ
ދަރިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ކެންޕޭނުކުރަން ގޭގެއަށް ޒިޔާރަތްކުރަމުންދިއަ އަންހެނަކު ރޭޕްކުރަން އުޅެފިއެވެ. މިހާދިސާ ހިނގާފައިވަނީ ޕާކިސްތާނުގެ ޕަންޖާބުގައެވެ.

ފުލުހުން ބުނީ ކެންޕޭނުކުރުމަށްޓަކައި ގެއަކަށް ވަންތަނުން ކޮޓަރިއަކަށް ވައްދާފައި ހެދުމުގެ ތިރީބައި ދަމައިގަތީ ކަމަށެވެ. ނަމަވެސް އަންހެން މީހާ އަޑުގަދަކުރަންފެށުމުން އެއް ބައަކު ދޫކޮށްލާފައި ފިލީ ކަމަށެވެ. އެވަރުންވެސް ފޯނަށް ވީޑިއޯކުރި ކަމަށްވެސް ފުލުހުން ބުނެއެވެ.

މިކަންކުރި މީހުން ކޯޓަށް ގެންދިއުމުން ވަނީ ރަހުނު ބަހައްޓާފައި މިނިވަންކޮށްފައެވެ. ފުލުހުން މިހާރު މަސައްކަތްކުރަމުން ދަނީ ބޭލް ކެންސަލް ކުރުމަށެވެ.
މިއަދު އޮންލައިން