އިންޑިއާގެ ފެކްޓްރީއެއްގައި އަލިފާން ރޯވެ 17 މީހުން މަރުވެއްޖެއެވެ. މީގެތެރޭގައި 10 އަންހެނުންވެސް ހިމެނެއެވެ.
ދިއްލީގެ ރަށްބޭރުގައި ހުންނަ މިފެކްޓްރީއަކީ ބަޑިބޭހުގެ ތަކެތި އުފައްދައި ރައްކާކުރާ ތަނެކެވެ. އެތަނުގައި ޕްލާސްޓިކްގެ ބާވަތްތައްވެސް އުފައްދާކަމަށް ބެލެވެއެވެ. ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ އަލިފާން ރޯވީ ފެކްޓްރީގެ ގުދަނެއްގައި ކަމަށެވެ.
އަލިފާނުން ސަލާމަތްވުމަށް 2 ވަނަ ބުރިން ފުންމައިލި މީހަކަށް ވަނީ ވަރަށް ބޮޑެތި އަނިޔާތައް ލިބިފައެވެ.