ޕެންސް ފެންސް ޖަހަން ކުރާ ދަތުރުގަ އިޒްރޭލް ޕާލަމެންޓްގަ ދޭ ތަޤްރީރު އަރަބި މެންބަރުން އަޑެއް ނާހާނެ-
އެމެރިކާގެ ނައިބް ރައީސް ޕެންސް އިޒްރޭލް ޕާލަމެންޓުގައި މާދަމާ ކުރަން ހަމަޖެހިފައިވާ ތަޤްރީރް އަޑު ނުއަހައި ބޮއިކޮޓްކުރަން ޕާލަމެންޓުގައި ތިބި އަރަބި ޕާޓީތަކުގެ ކޯލިޝަނުން ނިންމައިފިއެވެ.
ޕެންސް މެދުއިރުމައްޗަށް ކުރާ ދަތުރުގައި އިއްޔެ ވަނީ މިޞުރަށް އަރައިފައެވެ. މިއަދު އުރުދުނަށްފަހު އިޒްރޭލަށް ދާނެއެވެ.
މިއީ ކުރިން މިދިއަ ޑިސެމްބަރު މަހު ކުރަން ރޭވި ދަތުރެކެވެ. ފަސްކުރީ ޓްރަމްޕް ޖެރޫސަލަމް މައްސަލައިގެ ތާޅަފިލި ފުމެންދެންނެވެ. ފަލަސްޠީނުން ވަނީ އެމެރިކާ އާއި މުޢާމަލާތުކުރުން ހުއްޓާލާފައިކަމަށްވާތ ޕެންސް ފަލަސްޠީނަކަށް ނާރާނެއެވެ.
ފަލަސްޠީނުން ބުނަމުން ގެންދަނީ ޕެންސްއަކީ ނުރައްކާތެރި މީހެއް ކަމަށެވެ. މިޞުރާއި ސައުދިއަރަބިޔާ ފަދަ އަރަބި ބާރުގަދަ ޤައުމުތައް އެމެރިކާއަށް ވިކިފައިވާތީ އެމެރިކާއަށް އެމީހުން ބޭނުންހައި ކަމެއް ކުރަން ކެރެނީ ކަމަށްވެސް ގިނަ ަބައަކު ބުނެއެވެ.