ވަގުން އިސްތިއުފާދޭން ގޮވާލައި ކޮރަޕްޝަނާ ދެކޮޅަށް ރޫމޭނިއާގެ ލައްކައަކަށްވުރެ ގިނަ މީހުން މަގުތަކަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ވަގުން އިސްތިއުފާދޭން ގޮވާލައި ކޮރަޕްޝަނާ ދެކޮޅަށް ރޫމޭނިއާގެ ލައްކައަކަށްވުރެ ގިނަ މީހުން މަގުތަކަށް

ވަގުން އިސްތިއުފާދޭން ގޮވާލައި ކޮރަޕްޝަނާ ދެކޮޅަށް ރޫމޭނިއާގެ ލައްކައަކަށްވުރެ ގިނަ މީހުން މަގުތަކަށް ނުކުމެ މުޒާހަރާކޮށްފިއެވެ
.
މުޒާހަރާކުރި މީހުން ބުނަމުން ދިއައީ ޤާނޫނަށް ސަރުކާރުން ބަދަލުތައް ގެނައީ ވައްކަންކުރުމަށާއި ކޮރަޕްޝަނަށް މަގުފަހިކުރުވަން ކަމަށެވެ. އެހެންކަމުން ސަރުކާރުގައި އިސްކޮށްތިބީ ވަގުން ކަމަށާއި މިހާރުން މިހާރަށް ހުރިހާ ވަގުންތައް އިސްތިއުފާ ދިނުމަށެވެ.

އެމީހުން ބުނަމުން ގެންދިއައީ ސަރުކާރުން ކުރާ ވައްކަންތައް ބެލުމަށް ހުރަސް އެޅޭ ގޮތަށް ޤާނޫނުތަކަށް ބަދަލު ގެނައުމަކީ އެމީހުން ޤަބޫލުކުރާނެ ކަމެއް ނޫން ކަމަށެވެ.
ހުރިހާ އުމުރެއްގެ މީހުން ބައިވެރިވި މުޒާހަރާއަށް ނުކުތް ގިނަ މީހުން ނުކުތީ އެމީހުންގެ ކުދި ދަރިންނާއި ކުއްތާތައް ވެސް ގޮވައިގެންނެވެ.

އުމުރުން 4 މަހުގެ ދަރިފުޅު ގޮވައިގެން މުޒާހަރާއަށް ނުކުތް އިންޖިނޭރަކު ބުނީ އޭނާ ބޭނުންވަނީ ޢާއިލާ އާއިއެކު ވައްކަމުން ސަލާމަތްވެފައިވާ އަދި އީޔޫގެ ފެންވަރަށް ކަންކަން ހުރި ރޫމޭނިއާއެއްގައި ދިރިއުޅެން ކަމަށެވެ.
މިއަދު އޮންލައިން