އޮލިމްޕިކްސްގެ ބައިވެރިންނަށް އިންތިޒާމްތައް ހަމަޖައްސަން އުތުރު ކޮރެއާގެ އޮފިޝަލުން ދެކުނު ކޮރެއާއަށް ހިނގައްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 28ސ
އޮލިމްޕިކްސްގެ ބައިވެރިންނަށް އިންތިޒާމްތައް ހަމަޖައްސަން އުތުރު ކޮރެއާގެ އޮފިޝަލުން ދެކުނު ކޮރެއާއަށް ހިނގައްޖެ

އަންނަމަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓަރ އޮލިމްޕިކްސްގައި ދެކުނު ކޮރެއާ ތަމްސީލުކުރާ ބައިވެރިންނަށް އިންތިޒާމްތައް ހަމަޖައްސަން އުތުރު ކޮރެއާގެ އޮފިޝަލުން ދެކުނު ކޮރެއާއަށް ހިނގައްޖެއެވެ.

އިއްޔެ ގޮސްފައިވަނީ 7 އޮފިޝަލުންނެވެ. ވަރުގަދަ ސަލާމަތީ ފިޔަވަޅުތަކާއިއެކު 7 އޮފިޝަލުން އޮލިމްޕިކްސް ބާއްވާ ސަރަހައްދަށް ގެންދިއައީ ރޭލެއްގައެވެ.
ފެބްރުވަރީ މަހުގެ 9 އިން 25 އަށް ބާއްވާ ދުނިޔޭގެ ވިންޓަރ އޮލިމްޕިކްސްގައި އުތުރު ކޮރެއާގެ 22 އެތްލީޓުން ވާދަކުރުމަށް ވަނީ ހަމަޖެހިފައެވެ.
މިއަދު އޮންލައިން