މުޙައްމަދު ބުނީ ބައްޕަ އަދިވެސް ހުރީ ޝޮކެއްގައި ކަމަށާއި އެކްސިޑެންޓާއިބެހޭ ގޮތުން އެއްވެސް ވާހަކައެއް ނުދެއްކޭ ކަމަށެވެ. މުޙައްމަދު ބުނީ އެކްސިޑެންޓްގައި ބައްޕަގެ ކަރުގެ ކަށިތަކަށް ވަނީ އަނިޔާވެފައި ކަމަށާއި އެކަމަށް ފަރުވާކުރަމުން ގެންދާ ކަމަށެވެ.
މިއީ ސައުދިއަރަބިޔާގެ ފަހުގެ ތާރީޚުގައި ހިނގި މިބާވަތުގެ އެންމެ ހިތާމަވެރި އެކްސިޑެންޓް ކަމަށް ވަނީ ބެލެވިފައެވެ.
ސަލްމާން ރަސްގެފާނު ވަނީ ޢާއިލާއަށް ކާރެއް ހަދިޔާކުރައްވައިފައެވެ. އަދި ޢާއިލާއަށް އެހީތެރިވެދިނުމަށް އެންމެންގެ ކިބައިން އެދިވަޑައިގެންފައެވެ.