އުރުދުން އަށް މިއަދު ދިއަ އެމެރިކާގެ ނައިބް ރައީސް ޕެންސް، އުރުދުންގެ ރަސްގެފާނު ޢަބްދުﷲ އާއި ބައްދަލުކުރުމަށްފަހު ބުނީ ބައްދަލުވުމުގައި ޖެރޫސަލަމްގެ މައްސަލައިގައި ދެބަސްވާން އެއްބަސްވެއްޖައިން ކަމަށެވެ.
ބައްދަލުވުމުގައި ޢަބްދުﷲ ރަސްގެފާނު ވިދާޅުވީ އިރުމަތީ ޖެރޫސަލަމް ވާންޖެހޭނީ ފަލަސްޠީނުގެ ވެރިރަށަށް ކަމަށާއި ހައްލު ހޯދޭނީ 2 ސްޓޭޓް ސޮލިޔުޝަނުން ކަމަށެވެ. ޕެންސް ބުނީ 2 ސްޓޭޓް ސޮލިޔުޝަނަށް ފަލަސްޠީނާއި އިޒްރޭލުން އެއްބަސްވާނަމަ އެމެރިކާ އެއްބަސް ކަމަށެވެ.
ފަލަސްޠީނުން އަބަދުވެސް 2 ސްޓޭޓް ސޮލިޔުޝަނަށް ތާއީދު ކުރެއެވެ. ނަމަވެސް އިޒްރޭލުން އެ ގޮތް ބަލައެއް ނުގަނެއެވެ. ފަލަސްޠީނު ކިޔާ ދައުލަތެއް އޮންނަން ޖެހޭނެ ކަމަށް ޤަބޫލެއް ނުކުރެއެވެ.
އެހެންކަމުން މިއީ ދުވަހަކުވެސް ހައްލުކުރެވޭނެ މައްސަލައެއް ކަމަކަށް ނުބެލެވެއެވެ.