އިމާމް ނަމާދަށް ދިއަ ވަގުތު ކޮޓަރިއަށް ވަދެ އަނބިމީހާއަށް ގޯނާކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އިމާމް ނަމާދަށް ދިއަ ވަގުތު ކޮޓަރިއަށް ވަދެ އަނބިމީހާއަށް ގޯނާކޮށްފި
ދުބާއީގެ ބޮޑު މިސްކިތެއްގެ އިމާމް ފަތިސްނަމާދަށް ދިއަ ވަގުތު މިސްކިތާއި އިންވެގެން ހުންނަ އިމާމުގެ ކޮޓަރިއަށް މީހަކު ވަދެ އަނބިމިހާއަށް ގޯނާކޮށްފިއެވެ.

އަނބިމީހާ ބުނީ އޭނާއަށް އެއިރު އޮތީ ނިދިފައި ކަމަށް މީހަކު ދޮންދީ ގައިގައި އަތްލަން ފެށުމުން ހީކުރީ ފިރިމީހާ ކަމަށެވެ. އެހެންވެ އަޅައި ނުލައި ނިދީގައި އޮއްވައި އެއީ ފިރިމީހާ ނޫންކަން އެނގުނީ ފިރިމީހާ މިސްކިތުގައި ނަމާދުކުރާ އަޑުއިވުމުން ކަމަށެވެ.

"އަހަރެންނަށް ބިރުން ތެޅި ގަނެވުނީ. ދެން އެމިހާ ދުވެ ފިލީ. އެކަމަކު އަހަރެންނަށް އޭނާގެ މޫނު ފެނުނު."

ފިރިމީހާ ބުނީ ނަމާދުކޮށްގެން ކޮޓަރިއަށް ދެވުނުއިރު އަނބިމިހާ ބިރުން ތެޅިފޮޅެނީކަމަށެވެ. ކަން ހިނގި ގޮތާއި އެމީހާގެ ސިފަ ކިޔައިދިނުމުން މިސްކިތަށް ދިއައިރު މިސްކިތުގައި އެމީހާ ހުރިކަމަށާއި އަތުލައިގަތުމުން ފުލުހުންނަށް ނުއެންގުމަށް އެދި ވަރަށް އާދޭސްކުރި ކަމަށެވެ.

ފުލުހުން ބުނީ އެކަންކުރީ 36 އަހަރުގެ ޕާކިސްތާނު މީހެއް ކަމަށާއި އެމީހާ ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ކަމަށެވެ.
މިއަދު އޮންލައިން