އަލިފާނުގެ ހާދިސާއެއްގައި އެއް އާއިލާއެއްގެ 7 ދަރިން މަރުވުމާއި ގުޅިގެން ގިނަ ބައަކު ކަންބޮޑުވެފައި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
އަލިފާނުގެ ހާދިސާއެއްގައި އެއް އާއިލާއެއްގެ 7 ދަރިން މަރުވުމާއި ގުޅިގެން ގިނަ ބައަކު ކަންބޮޑުވެފައި
ޔޫއޭއީގެ ފުޖެއިރާގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެއް އައިލާއެއްގެ 7 ދަރިން މަރުވުމާއި ގުޅިގެން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އެމީހުން މަރުވީ ދުމުގެ ސަބަބުން ނޭވާ ހާސްވެގެންނެވެ.

ބޭސް ފަރުވާއަކަށް ތައިލެންޑުގައި ހުރުމަށްފަހު 7 ދަރިންގެ ަމަންމަ އެނބުރި ފުޖެއިރާއަށް އައީ އިއްޔެއެވެ. ރޭ ދަންވަރު 3:00 ހައި އިރު ހޭލެވިގެން ކޮޓަރިން ނުކުންނަން ދޮރުހުޅުވައިލިއިރު ގޭގައި ވަނީ ރޯވެފައެވެ.

އަވަށްޓެރިން މަސައްކަތްކުރި ނަމަވެސް ގެއިން ކުއްޖަކު ސަލާމަތްކުރަން ވެދެވޭނެ ގޮތެއް ނުވީއެވެ. އަލިފާން ނިއްވާ މީހުން އައިސް ބެލިއިރު ދިރިހުރީ މަންމަ އެކަންޏެވެ.

ކުދިންގެ ބައްޕަ ވަނީ މީގެ އަހަރުތަކެއް ކުރިން މަރުވެފައެވެ. އެހެންކަމުން މިހާރު ޢާއިލާއިން ދިރިހުރީ މަންމަ އެކަންޏެވެ.

މިއީ ފަހަކަށް އައިސް ފުޖެއިރާގައި ހިނގާފައިވާ މިފަދަ އެންމެ ހިތާމަވެރި ހާދިސާއެވެ. މަރުވި މީހުންގެ ޖަނާޒާގައި އެތައް ސަތޭކަ މީހުން ބައިވެރިވިއެވެ.
މިއަދު އޮންލައިން