ކައިވެނިކުރެވޭ އަންހެނާގެ ބިކުރުވެރިކަމަށް ބެލުން ހުއްޓައިލުމަށް ގޮވާލައި ވަޓްސްއަޕް ގްރޫޕެއްހަދައިގެން ހަރަކާތްތެރިވަމުންދިއަ ޖަމާއަތެއްގެ 3 މީހަކަށް ޕޫނޭގެ ރައްޔިތުންގެ ބައަކު އަނިޔާކޮށްފިއެވެ.
އެމީހުން ގްރޫޕުގައި ބުނަމުން ގެންދަނީ ކައިވެނީގެ އަލަތު ރޭ ފުރަތަމަ ކަމެއްގެ ގޮތުން އެއީ ބިކުރުވެރި އަންހެނެއްކަން ބެލުމުގެ ޘަޤާފަތް ދޫކޮށްލަންޖެހޭ ކަމަށެވެ.
40 ވަރަކަށް މީހުންގެ ޖަމާއަތަކުން 3 މީހުންނަށް ހަމަލާދިނީ އާއިލީ މީހެއްގެ ކައިވެނީގެ ހަފްލާއަށް ގޮސް ތިއްބައެވެ. ހަމަލާދިން މީހުން ބުނީ އެމީހުންގެ ތެރޭގައި ހުރި ރަނގަޅު އާދަތައް ނައްތައިލަން މަސައްކަތްކުރާ ބައަކު ބައިތިއްބަން ބޭނުން ނުވާ ކަމަށެވެ.
މިހާދިސާ އާއި ގުޅިގެން 2 މީހަކު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ.