ސައުދީގަ ބަލަމުން ގެންދާ ކޮރަޕްޝަން މައްސަލަތަކުން 100 ބިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ސައުދީގަ ބަލަމުން ގެންދާ ކޮރަޕްޝަން މައްސަލަތަކުން 100 ބިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެ
ސައުދިއަރަބިޔާގައި މިހާރު ބަލަމުން ގެންދާ ޕްރިންސުންނާއި މަހުޖަނުންތަކުގެ "ކޮރަޕްޝަން" މައްސަލަތަކުން 100 ބިލިއަން ޑޮލަރު ސަރުކާރަށް ލިބޭނެ ކަމަށް ބަލައިފިއެވެ.

މިފައިސާތަކުގެ މައްސަލަތައް ބަލަމުން ގެންދަނީ ސިއްރު މައްސަލަތަކެއްގެ ގޮތުގައި ކަމަށްވާތީ އިތުރު ތަފްޞިލުތައް ހާމައެއް ނުކުރެއެވެ. ފައިސާ ދެއްކުން ޝަރުޠުކޮށް 90 މަހުޖަނުން މިނިވަންކޮށްފައިވާއިރު އަދިވެސް ބަންދުގައި 100 ވަރަކަށް މަހުޖަނުން އެބަތިއްބެވެ.

މިހައި ބޮޑެތި މައްސަލަތަކެއް ސިއްރު މައްސަލަތަކެއްގެ ގޮތުގައި ބަލަމުން ގެންދާތީ ގިނަ ބައަކު ދަނީ ސުވާލުތައް އުފައްދަމުންނެވެ.

ރިޒް ކާލްޓަން ހޮޓަލުގައި ޕްރިންސުންނާއި މަހުޖަނުން ބަންދުކޮށް މިހާރު ކުރިއަށް ގެންދާ މައްސަލަތަކުގައި މަޝްވަރާކުރުން މިމަހުގެ ނިޔަލަށް ނިންމައިލާނެ ކަމަށް ބެލެވެއެވެ. އަދި ފައިސާ ދައްކަން އެއްބަސް ނުވާ މަހުޖަނުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވުމަށް ޕީޖީއަށް ފޮނުވާނެކަމަށްވެސް ވަނީ ބެލެވިފައެވެ.

ސަރުކާރުން ބުނާ އަދަދަށް ފައިސާ ދައްކަން އެއްބަސް ނުވާ މަހުޖަނުންގެ ތެރޭގައި ޕްރިންސް އަލްވަލީދު ހިމެނިވަޑައިގަންނަވައެވެ.
މިއަދު އޮންލައިން