އަންހެނަކު ގަދަކަމުން ކާރުން ބާލައި ފިރިމިހާ އާއި ޅިޔަނުގެ ކުރިމަތީގަ ރޭޕްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
އަންހެނަކު ގަދަކަމުން ކާރުން ބާލައި ފިރިމިހާ އާއި ޅިޔަނުގެ ކުރިމަތީގަ ރޭޕްކޮށްފި

22 އަހަރުގެ އަންހެނަކު ގަދަކަމުން ކާރުން ބާލައި ފިރިމީހާ އާއި ޅިޔަނުގެ ކުރިމަތީގައި ރޭޕްކޮށްފިއެވެ.

އިންޑިއާގެ ވެރިރަށް ދިއްލީގެ ފުލުހުން ބުނީ ޢާއިލާ ދަތުރުކުރި ޕާކެއްގެ ޖަންގަލީ ސަރަހައްދަކަށް މަޑުކުރީ ފިރިމީހާ ކުޑަކަމުދާންޖެހިގެން ކަމަށެވެ. އެވަގުތު 4 މީހަކު އައިސް އެތަނުގައި ކާރުޕާކުކުރީ ކީއްވެތޯ ސުވާލުކޮށް ޒުވާބު ކުރަން ފެށީ ކަމަށެވެ.

"4 މީހުންގެ ތެރެއިން އެކަކަށް ކާރުގައި އިން އަންހެން މީހާ ގަދަކަމުން ކާރުން ބާލައި އެތަނުގެ އެއްކައިރިއަށް ގެންގޮސް ރޭޕްކުރީ. ދެން ތިބި 3 މީހުން ހަތިޔާރުން ބިރު ދައްކައި ފިރިމީހާ އާ ޅިޔަނު ހިފެހެއްޓީ."
ފުލުހުން ބުނީ އެކަން ކުރުމަށްފަހު 2 ކާރުގައި އެމީހުން ފިލީ ކަމަށާއި ނަމަވެސް ފިރިމީހާ، 2 ކާރުގެ ނަމްބަރު ނޯޓުކޮށްފައި އޮތުމުން 4 މީހުން މިހާރު ވަނީ ހޯދައި ހައްޔަރުކޮށްފައި ކަމަށެވެ.
އިންޑިއާގައި މިފަދަ ހާދިސާތައް ވަރަށް ޢާންމުކަމަކަށްވެފައިވާއިރު ޚާއްޞަކޮށް ދިއްލީ ސަރަހައްދުވަނީ ދިރިއުޅެން ބިރުވެރި ސަރަހައްދަކަށްވެފައެވެ.
މިއަދު އޮންލައިން