ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ހިފައިގެން ރައްޔިތުން ނުކުތްވަރުން ބޮޑު ޕޯޕް މޮޔަކޮށްލައިފިއެވެ. ޕޯޕް އެނބުރި ރޯމަށް ދިއުމަށް ފުރީ އެމެރިކާގެ ޤައުމުތަކަށް ދެވުނު މޮޔަ ހިތަށް އަރަމުންނެވެ.
ދަތުރުގެ ފުރަތަމަ ޤައުމުކަމަށްވާ ޗިލީ އިން ފެށިގެން މުޅި ދަތުރުގައިވެސް ބޮޑު ޕޯޕް ފްރެންސިސް އަށް އުޅެންޖެހުނީ ޤައުމުތަކުން ކުރިމަތިވި އެ ޤައުމުތަކުގެ ޕޯޕްތަކުން ޖިންސީ ގޯނާކުރާ މައްސަލަތަކުން ސަލާމަތް ނުވެވިގެންނެވެ.
އެޤައުމެއްގައި ހުރެ އެ ޤައުމުގެ ޕޯޕްގެ ހިމާޔަތުގައި ވާހަކަދައްކާފައި އަނެއް ޤައުމަށް ދިއުމުން އެނގެނީ ޕޯޕް ދެއްކި ވާހަކަތައް ރައްޔިތުން ޤަބޫލު ނުކުރި ކަމާއި މުޒާހަރާތައް ކުރާކަމެވެ. ނޫސްވެރިންގެ ސުވާލުތައް އަމާޒުކުރަނީ ކުރިން ދިއަ ޤައުމުން މެދުވެރިކުރުވި މައްސަލަތަކަށެވެ.
ބޮޑު ޕޯޕަށް ގޮތް ހުސްވެ އެންމެ ފަހުން "ހެކި ދައްކާށޭ" ބުނުން ވެގެންދިއައީ ރިހޭފައި މައްޗަށް ވައްޓައިލެވުނު ފޮޔަކަށެވެ.