ޕާކިސްތާނުގައި ކުޑަކުއްޖަކަށް އަދަބުދިނުމަށް އަނިޔާކޮށްކޮށް މަރާލައިފި

ކިޔުމަށް ހޭދަވާނީ 42ސ
ޕާކިސްތާނުގައި ކުޑަކުއްޖަކަށް އަދަބުދިނުމަށް އަނިޔާކޮށްކޮށް މަރާލައިފި
ޕާކިސްތާނުގައި ދީނީ އިލްމުވެރިޔަކު ކިޔަވައިދޭ ކުޑަކުއްޖަކަށް އަދަބުދިނުމުގެ ގޮތުން އަނިޔާކޮށްކޮށް މަރާލައިފިއެވެ.

ޕާކިސްތާންގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، މިދިޔަ އާދީއްތަ ދުވަހު ޕާކިސްތާނުގެ ކަރާޗީގައި އުޅޭ ދީނީ އިލްމުވެރިޔެއްކަމަށްވާ ޤާރީ ނަޖްމުއްދީން ވަނީ އޭނާ ކިޔަވައިދޭ އުމުރުން 8 އަހަރުގެ ދަރިވަރެއްކަމަށްވާ މުހައްމަދު ހުސައިނަށް އަދަބުދިނުމުގެ ގޮތުން އަނިޔާކޮށްކޮށް މަރާލާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ޤާރީ ހައްޔަރުކޮށްފައިވާކަމަށާއި އޭނާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކޯޓުގައި ކުރިއަށް ގެންގޮސްފައިވާކަމަށް ވެސް ޕާކިސްތާނުގެ މީޑިއާތަކުގައި ބުނެފައިވެއެވެ.

ޕާކިސްތާނުގައި ދާދިފަހުން ވަނީ އުމުރުން ހަތް އަހަރުގެ އަންހެން ކުއްޖަކު ވެސް ރޭޕްކޮށްލުމަށް ފަހު މަރާލައިފައެވެ. ޕާކިސްތާނުގައި ކުޑަކުދިންނަށް ކުރަމުންދާ އަނިޔާތަކުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.
މިއަދު އޮންލައިން