މިޞުރުގައި ބާއްވަން އުޅޭ ރިޔާސީ އިންތިޚާބުގައި ރައީސް އަލްސިސީ އާއި ވާދަކުރަން އެންމެ ފަހުން ކުރިމަތިލި މީހާ ވެސް ބަންދުކޮށްފިއެވެ.
އަސްކަރިއްޔާގެ ކުރީގެ އިސްވެރިއްޔާ ކަމަށްވާ ލެފްޓިނަންޓް ޖެނެރަލް ސާމީ އަނާންގެ ފަރާތުން މިއަދު ބުނެފައިވަނީ ހުއްދަ ނުނަގައި ކެންޕޭނުކުރުމުގެ ކުށުގައި މިހާރު އޭނާ ހުރީ ބަންދުކޮށްފައި ކަމަށެވެ.
މިޞުރުގެ އަސްކަރިއްޔާ އިން ޓީވީ މެދުވެރިކޮށް ދިން ބަޔާނެއްގައި ބުނީ އަނާން ކެންޕޭނު ކުރަން ފަށާފައިވަނީ ހުއްދަ ނުނަގައި ކަމަށާއި އެއީ ވަރަށް ބޮޑު ޖަރީމާއެއް ކަމަށެވެ.
އަނާން ބަންދުކުރުމުން އަލްސިސީ އާއި އެއް ފެންވަރުގައި ވާދަކުރެވޭނެ އިތުރު ކެންޑިޑޭޓަކު ހުންނާނެކަމަކަށް ނުބެލެވެއެވެ.