ވަތަނިޔާއިން ފަލަސްޠީނަށް 3 ޖީގެ ޚިދުމަތް ދޭން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ވަތަނިޔާއިން ފަލަސްޠީނަށް 3 ޖީގެ ޚިދުމަތް ދޭން ފަށައިފި
ދުނިޔޭގައި 3 ޖީ ކިތަންމެ އާންމު ޚިދުމަތަކަށްވެފައި އޮތް ނަމަވެސް އެތައް އަހަރަކަށްފަހު ފަލަސްޠީނުގެ ސަރަހައްދުތަކަށް ވަތަނިޔާއިން 3 ޖީގެ ޚިދުމަތްދޭން މިއަދު ފެށުމުން ފަލަސްޠީނުގެ ރައްޔިތުންނަށް ވެގެން ދިއައީ މުޅިން އައު ކަމަކަށެވެ.

ފަލަސްޠީނުގެ ގިނަ ޒުވާނުންނަކީ ފޯނުން 3 ޖީ ގެ ޚިދުމަތް މިހައިތަނަށް ބޭނުންކުރި ބައެއް ނޫނެވެ. އެހެންކަމުން ފަލަސްޠީނުގެ ޒުވާނުންނަށް އެކަންވެގެންދިއައީ މުޅިން އައު ކަމަކަށެވެ.

ވަތަނިޔާއަށް މިހާރުވެސް ދަތިތަކެއް އެބަހުއްޓެވެ. އޮފީސްތައް ހުޅުވައިގެން ޚިދުމަތް ނުދެވޭތީއެވެ. އެހެންކަމުން މިވަގުތު ޚިދުމަތް ދެމުން ގެންދަނީ މޯބައިލް ޑީވައިސްތަކެއް ބޭނުންކޮށްގެންނެވެ.

ފުރަތަމަ ފިޔަވަހީގައި ޚިދުމަތް ދެމުން ގެންދަނީ ވެސްޓް ބޭންކުގެ ސަރަހައްދުތަކަށެވެ. އިޒްރޭލުން ޣާޒާ ސަރަހައްދު އަދިވެސް ބަންދުކޮށްފައި އޮތުމުން ޣާޒާގައި ޚިދުމަތް ދެވޭ ގޮތް އަދިވެސް ނުވެއެވެ.

އިޒްރޭލުން ހުރަސް އެޅުމުގެ ސަބަބުން ފަލަސްޠީނުގައި މުވާސަލާތީ ޚިދުމަތް ދިނުމަށް ހުރަސްއެޅިފައި އޮންނަތާ 20 އަހަރަށްފަހު ވަތަނިޔާއިން ޚިދުމަތްދޭން މިފެށީ އެކަމަށް 10 އަހަރުވަންދެން ކުރި މަސައްކަތުންނެވެ.
މިއަދު އޮންލައިން