ގިނަ އަދަދެއްގެ ރައްޔިތުން ޒައިނަބުގެ ގާތިލުގެ ގެ ވަށާލި

ކިޔުމަށް ހޭދަވާނީ 1މ 10ސ
ގިނަ އަދަދެއްގެ ރައްޔިތުން ޒައިނަބުގެ ގާތިލުގެ ގެ ވަށާލި
މިމަހުގެ ނުވަ ވަނަ ދުވަހު މަރާލާފައި އޮއްވާ ފެނުނު އުމުރުން ހަ އަހަރުގެ ޒައިނަބު އަމީން ގެ ގާތިލު، ލާހޯރް ފުލުހުން މިއަދު ހައްޔަރު ކުރުމުން، ގިނަ އަދަދެއްގެ ރައްޔިތުން އެމީހާގެ ގެ ވަށާލާ ނުރުހުން ފާޅު ކުރިއެވެ.

އިމްރާން ނަމަކަށް ކިޔާ މިމީހާއަކީ ޒައިނަބުގެ ތިމާގެ މީހެއް ކަމަށާއި، އޭނާއަކީ ސީރިއަލް ކިލާރ އެއްކަމަށް އެޤައުމުގެ ނޫސްވެރިންނާއި ބައްދަލު ކުރައްވާ ޕަންޖާބުގެ ޗީފް މިނިސްޓަރ ޝަހްބާޒް ޝަރީފު ވިދާޅުވިއެވެ.

މީގެކުރިން ވެސް މިމައްސަލާގައި އިމްރާން ހައްޔަރު ކުރެވުނު ކަމުގައި ވިޔަސް، އާއިލާގެ އެދުމުގެ މަތިން އޭނާ ވަނީ ދޫކޮށްލާފައެވެ. އެހެންނަމަވެސް ކްރައިމް ސްކީނުން އިމްރާންގެ ޑީއެންއޭ އާއި ދިމާވުމުން، އަނެއްކާވެސް ފުލުހުން ވަނީ އޭނާ ހައްަޔރު ކޮށްފައެވެ. އަދި ޒައިނަބު ރޭޕް ކުރި ކަމަށާއި މަރާލި ކަމަށް އޭނާވަނީ މިހަރު އެއްބަސްވެސް ވެފައެވެ.

އިމްރާން ހައްޔަރު ކުރުމާއި ގުޅިގެން ގިނަ އަދަދެއްގެ މީހުން އެގޭ ކައިރިއަށް އެއްވިއެވެ. އަދި އެއްވެސް ހަމަނުޖެހުމެއް ހިނގާފާނެތީ އެކަން ހުއްޓުވުމުގެ ގޮތުން ލާހޯރްގެ ފުލުހުން ވެސް ވަނީ އެތަނަށް ގޮސް އެއްވި މީހުން އެތަނުން ދުރުކޮށްފައެވެ.

ޒައިނަބް ގެ މަރާއި ގުޅިގެން ކަސޫރްގައި ގިނަ އަދަދެއްގެ ފަރާތްތަކުން ވަނީ މީގެ ކުރިން ވެސް އަޑު އުފުލާ، ޕާކިސްތާނުގެ ސަރުކާރަށް ފާޑު ކިޔާފައެވެ.
މިއަދު އޮންލައިން