6 ދަރިންނާ މަންމަ ވަޅުލުމަށްފަހު އެތައް ހާސްބައެއްގެ ލޯތައް އަދިވެސް ކަރުނައިން ފުރިފަ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 42ސ
6 ދަރިންނާ މަންމަ ވަޅުލުމަށްފަހު އެތައް ހާސްބައެއްގެ ލޯތައް އަދިވެސް ކަރުނައިން ފުރިފަ
ދުބާއީގެ ރުލް ދައިދާ އަވަށުގެ ގެއެއްގައި ހޯމަ ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި 6 ދަރިންނާއި މަންމަ މަރުވި ހާދިސާގެ ޖަނާޒާއަށްފަހު ޔޫއޭއީގެ އެތައް ހާސް ބައަކު އަދިވެސް ތިބީ ކަރުނައިން ފޯވެފައެވެ.

އަވަށުގެ ކުޑަކަމާއި ފަޤީރުކަމުގެ ސަބަބުން އެ އަވަށާއިމެދު މީގެ ކުރިން އެއްވެސް ވަރަކަށް ސަމާލުކަން ނުދޭ ގިނަ ބައަކު ވެސް މިހާދިސާގެ ސަބަބުން ދަނީ ހިތާމަކުރަމުންނެވެ.

މިއަަވަށަކީ މީސްކޮޅު މަދު އަވަށެކެވެ. ގިނައިން ދިރިއުޅެނީ ފަޤީރު ދަނޑުވެރިންނެވެ. ދެން އުޅެނީ ސިފައިންގެ މަރުކަޒުތަކުގައި މަސައްކަތްކުރާ ސިފައިންނެވެ.

ޢާއިލާއެއް އެކުގައި މަރުވެގެން ދިއުމަކީ ކުޑަކަމެއް ނޫނެވެ. ކުދިންގެ ބައްޕަ މީގެ އަހަރުތަކެއް ކުރިން ނިޔާވެފައިވާތީ ޢާއިލާގެ އެކަކުވެސް މިހާރު ދުނިޔެއަކު ނެތެވެ.

މިބާވަތުގެ ހާދިސާއެއް ވަނީ ދާދިފަހުން ސައުދިއަރަބިޔާގައި ވެސް ހިނގައިފައެވެ. ކާރުގައި ދަތުރުކުރަނިކޮށް އެކްސިޑެންޓްވެ 6 ދަރިންނާއި މަންމަ ވަނީ އެކުގައި ނިޔާވެފައެވެ.
މިއަދު އޮންލައިން